ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރު ސިފާގެ މައްސަލަ އިލާސްހުކުރުމަށް އަނބުރާ އޭސީސީއަށް

މާލޭސިޓީީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ޕާކް (އަޑި ޕާކް) ގެ މައްސަލައިގައި މާލޭގެ މޭޔަރު ސިފާ މުހައްމަދުގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.

ޕީޖީ އޮފީހުން ބުނީ ސިފާގެ މައްސަލާގައި ބައެއް ކަންކަން އިޞްލާހުކުރުމަށް ހުރުމުން އެކަންކަން އިޞްލާހުކުރުމަށް އޭސީސީއަށް މައްސަލަ ފޮނުވާފައިވާކަކަމަށެވެ.

މާލޭ ލޮނުޒިޔާރާތްކޮޅުގައި ހަދާފައިވާ ޕާކުގެ މަސައްކަތްތައް އަމީން ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްގެން ކުރުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިމެނޭކަމަށް އޭސީސީން ކުރި ތަހުޤީޤަށް ސާބިތުވާތީ، މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދުގެ މައްޗަށް ދައުވާކުރުމަށްޓަކައި، އޭސީސީން ޕީޖިއަށް މައްސަލަ ފޮނުވާފައިވަނީ ސެޕްޓެމްބަރު މަހުގެ 29 ގައެވެ.

މި މައްސަލައިގައ ސިފާގެ މައްޗަށް ދަޢުވާކުރުމަށްޓަކައި އޭސީސީން ފޮނުވާފައިވަނީ، ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދައުވާކޮށްދިނުމަށެވެ.

މި މައްސަލައިގައި އޭސީސީގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މާލޭ ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ޕާކު ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫޢުގައި ހިމެނޭ ޢިމާރާތްތައް (ދެ ފާޚާނާބަރިއާއި، ތިން ހަޓާއި، ތިން އެންޓްރަންސް ކެނޮޕީއާއި، ލައިފްގާޑް ޓަވަރެއް ރެނޮވޭޓްކުރުމާއި، އެއް ގާޑަން ބްރިޖް ހަދައި އިންސްޓޯލްކުރުން) ގެ މަސައްކަތްތަކުގެ ތެރެއިން ދެ ފާޚާނާބަރީގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އިން ކޮށް ނިންމާފައިވާކަމާއި، އިޢުލާނުކޮށްގެން ވާދަވެރި ބީލަމެއްގެ ތެރެއިން މި މަސައްކަތް ހަވާލުކުރެވެން އޮތްކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާއިރު، އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަން ވަނީ ހާމަކޮށްފައެވެ.

އެގޮތުން، ފުރަތަމަވެސް އެ ކުންފުނިން އެކަނި ކޯޓޭޝަން ހޯދައިގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (20 ފެބުރުވަރީ 2017) ގެ 10.25 ވަނަ މާއްދާގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައިގެން މަސައްކަތް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާކަމާއި، އެ ހުއްދަ ނުދީ، ކައުންސިލްގެ އިދާރާގެ ބިޑް ކޮމިޓީގެ ހުއްދައަށް އެދުމަށް އެ މިނިސްޓްރީއިން އެންގުމުން، ތިން ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅިނަމަވެސް، އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމިން ކޮންސްޓަރަކްޝަން ޕވޓ. ލޓޑ. އާ ހަވާލުކޮށްގެން ކުރުވާފައިވާކަން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.

އަދި ބިޑް ކޮމިޓީއިން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވާކަން ފާހަގަކުރެވިފައިވާއިރު، ޢަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރ ސިފާ އަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔަރ ސިފާ ކަން ކޮމިޝަންގެ ތަޙުޤީޤަށް އެނގިފައިވާ ކަމަށް އޭސީސީން ބުނެއެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް އޭސީސީން ފާހަގަކޮށްފައިވެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: