ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިތަންމެ މޮޅު ވާހަކައެއްވެސް ދެއްކިދާނެ، އެކަމަކު ނެތް ފައިސާއެއް ނުއެއް ނެރެވޭނެ: މަވޯޓާ ޝަރީފް

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭ މިވަގުތު އޮތީ ޚާއްސަ ހާލަތެއްގައި ކަމަށާއި އެހެން އަހަރުތަކުގައި ފާސްކުރާ ބަޖެޓާއި މިއަހަރު ފާސްކުރާ ބަޖެޓުގެ ތަފާތު ކުޑަކަން ދައްކަންވެގެން ކިތަންމެ މޮޅު ވާހަކައެއް ދެއްކިޔަސް ނެތް ފައިސާއެއް ނުއެއް ނެރެވޭނެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ދުނިޔޭގެ އިޤްޞާދީ މާހިރުން ގެންގުޅުއްވާ މިންގަނޑުތަކަށް މިއަހަރުގެ ފާސްކުރާ ބަޖެޓާއި އަންނަ އަހަރު ފާސްކުރާ ބަޖެޓުވެސް ނުފެތޭނެކަން އެއީ ޤަބޫލު ކުރަންޖެހޭ ޙަޤީގަތެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ މިހިނގާ 2020 ވަނަ އަހަރުގެ ބަޖެޓު ތާށިވެގެން އިތުރަށް ހަތަރު ބިލިއަން ރުފިޔާ ޗާޕްކޮށް، 17 މިލިއަން ރުފިޔާއިން ދަރަނިވެރިވީމުވުން ނުކުތް ނަތީޖާއަކަށް ވެގެންދިޔައީ  ނަވާރަ ރުފިޔާ ތިރީސް ލާރިއަށް ޑޮލަރުގެ އަގު އެރުން ކަމަށެވެ.

އިންފްލޭޝަން މައްޗަށް ނުގޮސް އެވަރަށް އެރުމަކީ މިއަދު ރާއްޖޭން ހޯދި ކާމިޔާބީއެއް ކަމަށް ދެކޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެކި ގޮތްގޮތަށް ވާހަކަ ދެއްކިދާނެ ކަމަށާއި އަންނަ އަހަރުވެސް ނުކުންނާނެ ނަތީޖާ އަކީ ހަތަރެއް ނުވަތަ ފަސް ޕަސަންޓަށް އިންފްލޭޝަން މައްޗަށް ދިޔުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދިމާވާ ގޮތަކުން މިހާރު ބަޖެޓުން 22 ބިލިއަން ދަރަނިވެރިވެދާނެ ކަމަށެވެ. ދައުލަތުން ދަމާކޫއްތާފައި ގެނެސް މަޖިލީހާއި ހަވާލުކޮށްފައިވާ ބަޖެޓަކީ މިހާރު ދިމާވެފައިވާ އިގްތިޞާދީ އަނދަވަޅުން އަރައިގެނެވޭނެ ބަޖެޓެއް ނޫން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި 50 ބިލިއަންވެސް ޖެހިދާނެ ކަމަށާއި އެކަމަކު އެގޮތަށް އެކަންކޮށްފައިނުވަނީ، ފައިސާ ހޯދޭނެ ގޮތެއް ނެތިފައި އަދި ޑޮލަރުގެ އަގުވެސް މަތިވެދާނެތީ އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީން ބަޖެޓުގެ މަސައްކަތްކުރި ބޭފުޅުންނަށް ކޮންމެވެސް އެއްޗެއް ވިސްނިގެން ކަމަށް ޤަބޫލުކުރެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓަކީ މި އަހަރުގެ ބަޖެޓާ އަޅާ ބަލާއިރު ތިން ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި އަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން 37.8 ބިލިއަން ރުފިޔާ ފާސް ކުރި ނަމަވެސް ކޮވިޑް-19ގެ ސަބަބުން ބަޖެޓު މިިހާރު ވަނީ 31.7 ބިލިއަން ރުފިޔާ އަށް ކުޑަކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގައި އަސާސަކަށް ބަލާފައިވަނީ “ނެޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ” ޕްލޭންގައި އިސްކަންދީފައިވާ ކަންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: