ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު 2021: ބަހުސް ފެށިގެން ކުރިއަށް!

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ:_ ފޮޓޯ: މަޖލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުގެ ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީއިން ބަޖެޓު ފޮނުވާފައިވަނީ އޮކްޓުބަރު މަހުގެ ފަހުކޮޅުއެވެ. ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓު ހުށައަޅުއްވައިދެއްވީ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ. އަދި އެދުވަހުން ފެށިގެން ބަޖެޓު ކޮމިޓީގައި ބަޖެޓު ދިޜާސާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ބަޖެޓު ކޮމެޓީއަށް މިނިވަން މުއައްސަސާތަކުންނާއި، ފަންނީ ލަފާ ހޯދުމަށް ކަމާއި ގުޅުންހުރި އިދާރާތަކުންނާއި މުއައްސަސާތަކުން އަންނަނީ ކޮމެޓިގައި ބައިވެރިވަޑައިގަންނަވަމުންނެވެ.

އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާފައިވަނީ 34 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ކޮވިޑް-19 އާއި ގުޅިގެން އަލުން މުރާޖާއަ ކުރި ބަޖެޓަށްވުރެ ތިން ބިލިއަން އިތުރު އަދަދެކެވެ.

ފިނޭންސް މިނިސްޓަރ އަމީރާއި ބަޖެޓު ކޮމެޓީއަށް ވަޑައިގެންނެވި ފަންނީ ބޭފުޅުންވެސް އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ބޮޑު ބަޖެޓެއްކަން ފާހަގަކުރައްވާފައިވެއެވެ. ބަޖެޓު މަޖިލީހަށް ހުށައަޅުއްވައުދެއްވަމުން މިނިސްޓަރ އަމީރު ވަނީ 2020 ވަނަ އަހަރު ދައުލަތުގެ ދަރަނި 70.4 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވެފައެވެ. މިއަހަރު ނިމިގެންދާއިރު ރާއްޖޭގެ އިގްތިސާދު 29.3 އިންސައްތަ ދަށަށް ދާނެކަން ފާހަގަކުރައްވައި މިނިސްޓަރ އަމީން ވިދާޅުވީ، މިއީ ރާއްޖޭގެ އިގްތިސާދު ދުވަހަކުވެސް ދަށްވި މިންވަރެއް ނޫންކަމަށް ބަޖެޓު ހުށައަޅުއްވަމުން އަމީރު ފާހަގަކުރައްވާފައިވެއެވެ. އަދި އާމްދަނީ ލިބޭނެ މިންވަރު ދަށްވާނެ ކަމަށް ލަފާކޮށް، 15.5 ބިލިއަން ރުފިޔާއިން ބަޖެޓު ޑެފިސިޓް ވާނެކަމަށް އަންދާޒާ ކުރައްވާފައިވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އަންގާރަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައިވިޔަސް، އެއް ގަޑިއިރަށް ބަޖެޓު ބަހުސް ކުރެއްވުމަށް ނިންމަވާކަމަށެވެ. އަދި ބުދަ ދުވަހު މެންދަންވުމާއި ހަމައަށް ބަޖެޓު ބަހުސްކުރެއްވުމަށް ނިންމަވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބަޖެޓަށް އަދި ބަޖެޓު ކޮމެޓިގެ ކޮމެޓީ ރިޕޯޓަށް ބަހުސްކުރެއްވުމަށް ކޮންމެ މެމްބަރަކަށްވެސް ލިބިވަޑައިގަންނަވާނީ 15 މިނެޓު ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ބަޖެޓަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާއިރު، ސަރުކާރަށް ނިސްބަތްވާ މެމްބަރުން އަންނަނީ މިހާލަތުގައިވެސް ގައުމު ހިންގެވުމަށް ފަސްޖެހިވަޑައިގެންފައިނުވާތީ މިނިސްޓަރ އަމީރަސް ތައުރީފް ކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: