ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިރުމީނާ ރަހީނުކުރި މައްސަލާގައި ކުޑަކުއްޖަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލިގެން ހޯދަން އިއުލާނުކުރި ޝިރުމީނާ އަބޫބަކުރު ރަހީނުކުރި މައްސަލައިގެ ތުހުމަތުގައި ކުޑަކުއްޖަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުންފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ޝިރުމީނާ ރަހީނުކޮށް ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ. މީގެ ކުރިން ވެސް މި މައްސަލާގައި ދިވެއްސަކު ހައްޔަރު ކޮށްފަ އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 18 އަހަރު ނުފުރޭ ކުއްޖަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި މީގެކުރިން ހައްޔަރުކުރި 31 އަހަރުގެ މީހާގެ ބަންދަށް ދެވަނަ ފަހަރަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އެ އަންހެން މީހާ ގެއަށް އައިސްފައިވަނީ އަމިއްލަ އަށް ކަމަށް ފުލުހުން ބުނާއިރު، ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ޝިރުމީނާގެ އާއިލާ އިން ވަނީ އޭނާ ބަޔަކު ރަހީނުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

ޝިރުމީނާ އަށް އެކި ވަރުގެ އަނިޔާ ލިބިފައިވާތީ އޭނާއަށް ފަރުވާދޭން އައިޖީއެމްއެޗުގެ އިމަޖަންސީ އަށް ގެންދިޔަ އެވެ. ޝިރުމީނާގެ ލޯ މަތީގައި ޖަހާފައި ހުރި ކަމުގެ ނިޝާން ފެންނަން ހުރި އިރު އޭނާގެ ގައިގެ އެކި ތަންތަނުގައި ވެސް އަނިޔާގެ ނިޝާންތައް ފެންނަން ހުރި ކަމަށް އާއިލާއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: