ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ މޭޔަރުކަމަށް ހޮވޭ މީހެއްގެ އެންމެ ބޮޑު ޒިންމާއަކީ ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުން: މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ މޭޔަރުކަމަށް ހޮވޭ މީހެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވާން ޖެހޭނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުން ކަމަށް ޕީޕީއެމްގެ ފަރާތުން ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ މޭޔަރުކަމަށް ހޮވޭ މީހެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވާންޖެހޭނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެންމެ އިސްކަމެއްދީގެން މަސައްކަތްކުރުންކަމަށާއި، ގުޅީފަޅާއި ފުށިދިއްގަރު ފަޅަކީ މާލޭގެ ރައްޔިތުންނަށް ފްލެޓް ދޭން ޚާއްޞަ މަންޒިލަކަށް ހެދުމަށް މަސައްކަތްކުރުންކަމަށެވެ.

މުޢިއްޒު ވަނީ އެފަދަ އެތައް މައްސަލަތަކެއް ހުރިކަން ފާޙަގަކުރައްވާ، އެކަންކަމަށް ޚާއްޞަ އިސްކަމެއްދެއްވައިގެން ހައްލު ގެނެސްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މުއިއްޒު މިހެން ވިދާޅުވިއިރު އަންނަ އަހަރުގެ އެންމެ މުހިއްމު މަސައްކަތަކަށް ވެގެންދާނީ މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: