ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއަށް ދިމާވެފައިވާ މައްސަލަތައް ސަރުކާރުގެ “ޕަޕެޓަކަށް” ހައްލެއް ނުކުރެވޭނެ: މުއިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ނަތީޖާ ނެރެވޭނީ މި ސަރުކާރުގެ “ޕަޕެޓް” އަކަށް ނުވާ ރައްޔިތުންގެ ފަޅީގައި ހުންނާނެ ރައްޔިތުންގެ ހާދިމަކަށް ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މާލެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެވޭނީ މި ސަރުކާރުގެ ޕަޕެޓަކަށްނުވާނެ ފަރާތަކަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ މާލެ ރައްޔިތުންނަށް ޙައްލުތައް ފަހިކޮށްދެއްވޭނީ ސަރުކާރާއެކު ޑީލު ނަހައްދަވާނެ ބޭފުޅަކަށް ކަމުގައެވެ. އަދި އެ ބޭފުޅަކީ ރައްޔިތުންގެ ފަޅީގައި ހުންނަވައި ރައްޔިތުންނަށް ޚިދުމަތްކުރައްވާ ރައްޔިތުންގެ ޚާދިމަކަށްވާންޖެހޭ ކަމުގައިވެސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ ފުށި ދިއްގަރު ފަޅަކީ މާލެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭން ހާއްސަ މަންޒިލަކަށް ހެދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މާލޭ މޭޔަރު ކަމަށް ހޮވޭ މީހެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވާން ޖެހޭނީ މާލެ ރައްޔިތުންނަށް ދާއީމީ ބޯހިޔާވަހިކަން ހޯދާދިނުމަށް މަސައްކަތް ކުރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މޭޔަރުގެ އެންމެ އިސް މަސްއޫލިއްޔަކަށްވާން ޖެހޭނީ އެކަން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: