ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަލީހުގެ ރައްދު އެމްޑީޕީ ޕީޖީއަށް: ސުޕަ މެޖޯރިޓީ، ސުޕަ މައިނޯރިޓީއަށް ވެސް ބަދަލުވެދާނެ!

އެމްޑީޕީ ޕީޖީ ގްރޫޕް މެމްބަރުންގެ ފާޑުކިއުން މަލީހުއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ، ސުޕަ މައިނޯރިޓީއަށް ވެސް ބަދަލުވެދާނެ ކަމަށް ވިދާޅުވެ ސައިންސް އެންޑް ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ރައްދު ދެއްވައިފިއެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އެއާއެކު މަލީހު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ.

އެކަމާ ގުޅިގެން މަލީހު ވިދާޅުވީ އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ފާސްކުރީ އެމްޑީޕީގެ ވެރިކަމެއްގައި ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އަށް އިތުބާރު ނެތް ކަމަށް ކަމަށެވެ. އަދި އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ތާޖު އަޅުއްވައިގެން އުޅުއްވާ ބޭފުޅުން ބައިކޮޅަށް ޖެހި ގޯލެއް ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

“އަމިއްލަ ސަންދޯކަށް ތިޔަ ޖައްސަވަނީ މޮހޮރު” މަލީހު ވިދާޅުވިއެވެ.

މަލީހު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ދޫ މޯގޭޖު ކޮށްފައި އޭގެ ސެޓިފިކެޓު އެވެރިންނަށް ހަވާލު ކޮށްފައި ނުވާނެ ކަމަށެވެ. އަދި މަކަރުވެރި ހީލަތްތެރި ގޮތެއްގައި ކޯލިޝަންގެ މިނިސްޓަރުން ބޭރު ކުރުމުގެ ނުބައި ޕްލޭން ކުރިއަށް ގެންދަވާ ކަމަށް މަލީހް ވިދާޅުވިއެވެ.

“މުޅި އެތި ޖަހައިގަތުމުގެ ޕްލޭން. ސުޕަ މެޖޯރިޓީ، ސުޕަ މައިނޯރިޓީއަށް ވެސް ބަދަލުވެދާނެ” މަލީހް ވިދާޅުވިއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރު ވެސް މިނިސްޓަރު މަލީހު ހަދާފައި ނުވާ ކަމަށް ބުނެފައެވެ.

އެގޮތުން އެ ގަވާއިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް މިނިސްޓަރު މަލީހުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ ކަމަށާއި އަދި އެކަމަށް ހުރަސްއަޅާފައިވާކަން ސާފުވާ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

މިނިސްޓަރު މަލީހު މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށީ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ކަނޑަނޭޅޭނެ ކަމަށާއި އަދި އެފަދަ ސިޔާސަތެއް ވެސް ނުނިންމޭނެ ކަމަށް މަލީހު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

 

 

ވަރަށް ގަދަ
86%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: