ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިދާ ވާނީ މިފްކޯއާއި ފެލިވަރު އުވާލައި ގޭދޮށުގައި މަސް ޕްރޮސަސްކޮށްގެން: ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުން ފައިދާ ލިބެން އޮތީ މިފްކޯ އާއި ފެލިވަރު ބަންދުކޮށް، އަމިއްލަ މީހުންނަށް ގޭދޮށުގައި މަސް ޕްރޮސެސްކޮށްގެން ވިއްކިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަަސްވެރިން ބާނާ މަސް ނުކިރުމާއި، ފައިސާ ނުލިބުމާއި، މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، މަސްވެރިންގެ މައްސަލަތަކަށް ހައްލު ހޯދުމަކީ ޒަމާނުއްސުރެއް ބަހުސްކުރެވެމުން އަންނަ ކަމެއްކަމަށެވެ.

“އަބަދުވެސް ފާހަގަވެފައި އޮތީ މިފްކޯ ޖެހޭނީ އުވާލަން ކަމަށާއި ފެލިވަރު ޖެހޭނީ ބަންދުކުރަން ކަމަށާއި އަމިއްލަ މީހުންނަށް ގޭދޮށުގައި މަސް ޕްރޮސަސްކޮށްގެން ވިއްކުނީމާއިކަން މިކަމުގައި އަޅުގަނޑުމެންނަށް ފައިދާއެއް ލިބެން އޮތީ” ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ބާނާ މަހުގެ 70 އިންސައްތަ މަސް ބޭރަށް އެކްސްޕޯޓް ކުރަނީ ރޯމަހުގެ ގޮތުގައިކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެމަހަށް ރަނގަޅު ދުވަހެއްގައި ލިބެނީ ޓަނަކަށް 1200 ޑޮލަރު ކަމަށެވެ. އަދި ޕްރޮސެސް ކުރުމަށްފަހު މަސް ބޭރުކުރާކަމުގައި ވާނަމަ، އެންމެ ގޯސްދުވަހެއްގައިވެސް ޓަނަކަށް 2500 ޑޮލަރު ޖެހޭ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ބިނާކޮށްފައިވާ މަސް ފިނިކުރާ ތަންތަނާއި ކާރުހާނާތައް އަބަދުވެސް ހިންގަނީ ބޮޑެތި ބޮޑެތި ގެއްލުމުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެތަންތަން ގެއްލުމުގައި ހިންގަންޖެހެނީ އެއީ ސަރުކާރު ހިއްސާވާ ކުންފުނިތައްވީމައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިހައްދުވަހު މަހުގެ ފިސްޑް ރޭޓް އުވާލާފަ ބުނި ދެން ބަރާބަރު ވާނޭ. މިހާރު ތަންވެސް އުވާލަން ޖެހުނީ. މި ރުނޑި މިކިޔާ އެއްޗަކަށް އަތްޖަހާ ޖަހާ މިހާރު އަތުން ހަން ގޮއްސި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: