ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިނަލުގެ ވޯޓުލުން ފެށިއްޖެ, ދަނގަޑޭއަށް ވޯޓު ލައިފިންތަ?

ޝެއާރކޮށްލާ ކަހަލަދޯ؟

“އޭއެފްސީ ބްރެކެޓް ޗެލެންޖް” ގެ ފައިނަލްގައި ވޯޓުދިނުމަށް ހުޅުވާލައިފިއެވެ.

ފައިނަލުގައި ވާދަކުރަނީ ހޮންގްކޮންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޗަން ސިއު ކީ އާއި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ސޯލޯ ގޯލުތަކުގެ މެދުގައި ކުރިޔަށްދާ މި ޗެލެންްޖުގައި ދަގަނޑޭގެ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހަައިދިން ރީތި ހިތްގައުމު ސޯލޯ ގޯލެވެ. މިމެޗުގައި ދަގަނޑޭ ވަނީ 5 ލަނޑު ކާމިޔާބުކޮށްފައެވެ.

ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފައިވަނީ ވިއެޓްނާމްގެ ހަނޯއީގެ ގުޔެން ހުއާންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އެގޮތުން ދަގަނޑޭ ވަނީ ވޯޓުލީ މީހުންގެ 54.68 ޕަސެންޓް މީހުންގެ ވޯޓު ހޯދާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: