ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅިވަރުގެ ދާއިރާއަށް ކުރެވެނީ ފޮނި އުންމީދެއް، ރަން ވަނަތަކެއް ބޭނުން: ރައީސް

ނޭޝަނަލް މާރޝަލް އާރޓްސް ސެންޓަރ އަދި ހުޅުމާލެ ޓީޓީ ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތަކެއް ކުރިޔަށް ގެންދާ ކަމަށާއި، އެހެން ނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވަނީ ދާއިރާ ކުރިއެރުވުމަށް މީގެ ކުރިން އެއްވެސް މަސައްކަތެއް ކުރެވިފައި ނެތުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް މާޝަލް އާޓްސް ސެންޓަރ އަދި ހުޅުމާލެ ޓީޓީ ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ދިވެހި ޒުވާނުންނާއި ކުޅުންތެރިން ބިނާ ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. ކުޅިވަރުގެ ރޮނގުން މި ސަރުކާރުން ކުރަނީ ފޮނި އުންމީދުތަކެއް ކަމަށާއި، ކުޅިވަރުގެ ދާއިރާއިން ގައުމަށް ރަންވަނަތަކެއް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދާއިރާ ކުރިއެރުވުމަށާއި، އަދި ރަންވަނަތައް ނުވަތަ ބޮޑެތި މުބާރާތްތަކަށް އުންމީދުތަކެއް ކުރި ނަމަވެސް އެ ކާމިޔާބީ އާއި ހަމައަށް ވާސިލްވުމަށް ބޭނުންވާ ވަސީލަތްތައް އެކަށީގެންވާ މިންވަރާއި ގާތަށް ވެސް ގާއިމް ކުރެވިފައި ނެތުމަކީ އެއީ ގަބޫލު ކުރަންޖެހޭ ހަގީގަތެއްގެ ގޮތުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. އޭގެ ތެރޭގައި ކުޅިވަރު ސްޓޭޑިއަމްތައް، އަދި އިންޑޯ ހޯލްތަކާއި، ޓްރެކްތައް އަދި ޖިމްފަދަ ވަސީލަތްތައް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބީ ހުނަރުވެރި ކުޅުންތެރިންނާއި، އެތްލީޓުންކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ގިނަ ފަހަރަށް ކާމިޔާބީގެ މަގާއި ހަމައަށް ނުދެވެނީސް ގިނަ ކުޅުންތެރިން އެ މައިދާން ދޫކޮށްލާ ކަމަށެވެ. އަދި އޭގެ ސަބަބަކީ ކުޅުންތެރިންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްގީކޮށްދެވޭނެ ވަރުގެ ރަނގަޅު ޕްލޭނެއް ގާއިމްވެފައި ނެތުންކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

“ކުޅިވަރު ތަރައްގީކުރުމުގައި، ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދީ ތަރައްގީކޮށް ދިނުން. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން ރަނގަޅު ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ކުޅުންތެރިންނަށް ހޯދައިދިނުން. އެސޯސިއޭޝަންތަކާއި ބެލެނިވެރިން ގުޅިގެން ކުރާ މަސައްކަތުގައި، ސަރުކާރުން މިތިބީ އެހީތެރިކަމާއި އެއްބާރުލުން ދޭން ތައްޔާރަށް.” ރައީސް

ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން އެސޯސިއޭޝަންތަކުން ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ، ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރާނެ ކަމަށެވެ. އަދި ހާއްސަކޮށް ރާއްޖެއާއި، ރާއްޖޭއިން ބޭރުން ހޯދަންޖެހޭ ތަމްރީނުގެ ފުރުސަތައް ކުޅުންތެރިންނަށް ހޯދައިދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރު އުފެދިގެން އައި އިރު ވެސް، އެންމެ މުހިންމު އަމާޒަކަށް ވެގެން ދިޔައީ “ދުޅަހެޔޮ ހަށިހެޔޮ” ޒުނާނުންތަކެއް ބިނާ ކުރުމުގެ އަޒުމާއި އެކު ކަމަށެވެ.

“އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި، ރާއްޖޭގެ ކުޅުންތެރިން ހޯދި ފަޚުރުވެރި ކާމިޔާބީ އަޅުގަނޑުމެންގެ ހަނދާނުގައި މިއަދުވެސް އެބަހުރި. ހާއްސަކޮށް، ޓޭބަލް ޓެނިހާއި ބެޑްމިންޓަނުން ހޯދި ހަތަރު ރަން މެޑެލް އަޅުގަނޑު ފާހަގަކޮށްލަން. އޭގެ ތެރެއިން ތިން ރަން މެޑެލް ހޯދައިދިނީ، އަޅުގަނޑުމެންގެ ޒުވާން އަންހެން ޓީޓީ ޓީމު. އަޅުގަނޑު އުންމީދުކުރަނީ، މިއަދު މި ހުޅުވޭ ޓީޓީ ހޯލަކީ، ރާއްޖެއަށް ރަން ވަނަތައް ހޯދައިދޭނެ އިތުރު ކުޅުންތެރިން އުފައްދާނެ ތަނަކަށް ވާނެކަމަށް. މީގެ އިތުރުން، މާލޭގައި ނޭޝަނަލް ޓީ.ޓީ ސެންޓަރެއް ޤާއިމުކުރުމަށް، މިހާރު ވަނީ ބިމެއް ކަނޑައަޅާފައި. އަދި އެ މަސައްކަތް، އަންނަ އަހަރު އިރާދަކުރެއްވިއްޔާ ފެށޭތޯ އަޅުގަނޑުމެން މިދަނީ ބަލަމުން.” ރައީސް ސޯލިހު

ހުޅުމާލޭގައި ހުޅުވި ޓީޓީ އާއި މާރޝަލް އާޓްސް ސެންޓާރ އާއި ގުޅޭގޮތުން ރައީސް ވިދާޅުވީ މިއީ މު ކުޅިވަރުތަކަށް ޝައުގުވެރިވާ ޒުވާނުންނަށް ހުޅުވިގެންދާ ރަނުގެ ފުރުސަތެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އާދީއްތަ ދުވަހު ހުޅުވި ގައުމީ މާޝަލް އާޓްސް ސެންޓަރުގެ އިތުރުން، މާޝަލް އާޓްސް އެސޯސިއޭޝަނެއް އަވަސް މުސްތަގުބަލެއްގައި ހުޅުވިގެން ދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި އެފަދަ އެސޯސިއޭޝަނެއް ގާއިމްވެގެން ދިއުމާއި އެކު މާޝަލް އާޓްސްއަށް ރަސްމީ ހައިސިއްޔަތެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން ރާއްޖެއިން، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކޮށް، ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ އުންމީދީ ޒުވާނުންތަކެއް ގައުމުގައި އެބަތިބި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: