ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި އެތުލީޓުންނަށްނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދޭނަން: ފޮރިން މިނިސްޓްރީ

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު / ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި އެތުލީޓުންނަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެ އެތުލީޓުންނަށާއި ކުޅިވަރު އެސޯސިއޭޝަންތަކަށް މި މިނިސްޓްރީއިން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ބުނެފިއެވެ.

ދިވެހި އެތުލީޓުންނަށް ވިސާ ނުލިބުމުން މުބާރާތް ބާއްވާ ގައުމަށް ދަތުރުނުކުރެވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މިނިސްޓްރީއަށް އަންނަނީ އަމާޒުވަމުންނެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީއިން އާންމުކުރި ބަޔާނެއްގައި ބުނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އަދި ދިވެހިރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން، ބޭރުގެ އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ވާދަކުރާ ދިވެހި އެތުލީޓުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށާއި، މުބާރާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ވިސާފަދަ އިންތިޒާމުތައް ހަމަޖެއްސުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަމަށެވެ.

އެހެންނަމަވެސް ބައެއް މުބާރާތްތަކުން ދިވެހި އެތުލީޓުންނަށް ފުރުސަތު ލިބޭއިރު، މުބާރާތް އޮންނަ ތާރީޚު ވަރަށް ކައިރިވެފައި އޮންނާތީ، އެ ޤައުމުތަކަށް ދަތުރުކުރުމަށް ބޭނުންވާ ވިސާ ހޯދުމަށް ދަތިތަކާ ކުރިމަތިވާކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި މިފަދަ ހަލާތްތަކުގައި އެގައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން ކުރެވޭ މަސައްކަތުން ވިސާ ލިބޭނެ އިންތިޒާމު ހަމަޖެހުނުނަމަވެސް، ވިސާ އެޕްލިކޭޝަން ސެންޓަރު ހުންނަ ގައުމަށް ދަތުރުކުރުމާއި, ވިސާ ޕްރޮސެސްކުރުމަށް އެކަށީގެންވާ ވަގުތު ނެތުމުގެ ސަބަބުން އެފަދަ މުބާރާތްތަކުގައި ބައިވެރިވުމަށް ދިވެހި އެތުލީޓުންނަށް ހުރަސްތައް ކުރިމަތިވާކަމަށް މިނިސްޓްރީއިން ބުނެއެވެ.

ހަމައެއާއެކު، ޗުއްޓީއަށާއި، ވިޔަފާރިއަށް، އަދި ތައުލީމު ހާސިލްކުރުމަށާއި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމަށް ބޭރުގެ ބައެއް ޤައުމުތަކަށް ދަތުރުކުރުމުގައި ވިސާ ނަގަން ޖެހޭތީވެ، މިފަދަ ބޭނުންތަކަށް ބޭރު ޤައުމުތަކަށް ދަތުރުކުރެއްވުމުގެ ކުރިން ވިސާގެ ކަންކަން އޮންނަ ގޮތުގެ މައުލޫމާތު ސާފުކޮށް، ދަތުރުކުރުމުގެ ކުރިން ދުރާލާ ވީހާވެސް އަވަހަށް ވިސާގެ ކަންތައް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމުކަމެއްކަން މިނިސްޓްރީއިން ފާހަގަކުރެއެވެ. މި ދުވަސްވަރަކީ ކޮވިޑް-19ގެ ސަބަބުން، އާއްމުކޮށް ވިސާ ނެގުމުގައި ހޭދަވާ މުއްދަތަށްވުރެ ދިގު މުއްދަތެއް ހޭދަވާ ދުވަސްވަރެއްކަމަށްވުމާއެކު، ވިސާ ނެގުމުގައި އިތުރު ޚާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީއިން އިލްތިމާސްކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: