ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަފާތު ބަހަނާތަކުގައި އަންހެނުންނަށް ކުރާ ލާ އިންސާނީ އަނިޔާތައް ހުއްޓުވަން ޖެހޭ: ޔުމްނާ

ޝެއާރކޮށްލާ ކަހަލަދޯ؟

ތަފާތު ބަހަނާތަކުގައި އަންހެނުންނަށާއި ކުޑަ ކުދިންނަށް ކުރާ ލާ އިންސާނީ އަނިޔާތައް ހުއްޓުވަން ޖެހޭ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވީ މެދުރާއްޖެ ތެރޭގެ ރަށެއްގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން މަންމަ އާއި ތިން ކުދިން ގޭތެރޭގައި ބަންދުކޮށް ތިން މަސް ދުވަސްދެން ގެންގުޅިފައިވާ ކަމަށް “މިހާރު” ނޫހުގައި ޝާއިރު ކުރި ލިޔުމަކާ ގުޅިގެންނެވެ. އެ ނޫހުގައި ވާގޮތުން އެ މީހުންނަށް ސަލާމަތްވެވުނީ މިދިޔަ މަހުގެ 30 ގަ އެވެ. އަނިޔާގެ ތުހުމަތުކުރަނީ ފަހުން ކައިވެނިކުރި އޭނާގެ ފިރިމީހާ އާއި އެ ރަށުގެ ރުގްޔާ ކުރާ މީހަކަށެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަފާތު ބަހަނާތަކުގައި އަންހެނުންނަށާއި އަންހެން ކުދީންނަށް ކުރާ މި ފަދަ ލާ އިންސާނީ އަނިޔާތައް ހުއްޓުވަން ޖެހޭ ކަމަށެވެ.

“މިއީ ހަމައެކަނި އަންހެނުންގެ ޒިންމާއެއް ނޫން. މިއީ އެންމެންގެ ޒިންމާއެއް.” ޔުމްނާ ވިދާޅުވިއެވެ.

މި މައްސަލާގައި ޖެންޑާ މިނިސްޓްރީން ބުނީ އަނިޔާ ލިބުނު ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އާއިލާއާއި އެކީ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ޖެންޑާ މިނިސްޓްރީން ބުނީ ތަހުގީގަށް އެ މިނިސްޓްރީގެ ފަރާތުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: