ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސޯސިއޭޝަންތަކުގެ ވެރިން ބޭނުންވަނީ ލިބޭ ލާރި ގިނަކަމުން މަގާމުގައި ބަގުޑި ބައްދައިގެން ތިބެން: ދޮންބިލެތް

 ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ބާއްވަން ބޭނުންނުވަނީ އެސޯސިއޭޝަންތަކުގެ ވެރިންނަށް ލިބޭ ފައިސާގެ ދަހިވެތިކަމުގައިކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިއަށްދިޔަ ކުޅިވަރުގެ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލަށް ބަހުސްކުރައްވަމުން މެމްބަރު ހަލީމް ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިން މަގާމުގައި ބަގުޑި ބައްދައިގެން ތިބެން ބޭނުންވަނީ ލިބޭ ފައިސާގެ ދަހިވެތިކަމުގައި ކަމަށެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ބޭއްވުމަށް ހުށައަޅާފައިވާ އިސްލާހަށް ތާއީދުކުރައްވާ، ހަލީމް ވިދާޅުވީ އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް ނުރުހުން ފާޅުކުރަނީ ހަމައެކަނި އެސޯސިއޭޝަންތަކުގެ ވެރިން ކަމަށެވެ. އަދި އިންތިޚާބުތައް މިގޮތަށް ބޭއްވުމަށް އެސޯސިއޭޝަންތަކުގެ އާދައިގެ މެމްބަރުންގެ އެއްވެސް ނުރުހުމެއް ނެތްކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ، އެސޯސިއޭޗަންތަކުގެ އިންތިޚާބުތައް މިހާރު ކުރިއަށް ގެންދަނީ އެއްވެސް އިންސާފުވެރިކަމެއް ނެތިކަމަށެވެ. އެގޮތުން، އިންތިޚާބުތަކުގައި ވޯޓުލުމުގެ ހުއްދަ ލިބިގެންދަނީ އެންމެ ދިހަވަރަކަށް ކްލަބަށް ކަމަށާއި އެސޯސިއޭޝަނެއްގެ އިސް މަގާމަކަށް މީހުން އައްޔަންކުރާއިރު ރާއްޖޭގެ ހުރިޙާ ހިސާބެއްގައި ހަރަކާތްތެރިވާ ކްލަބް، ޖަމިއްޔާތަކަށް ވޯޓު ލެެވެންޖެހޭކަމަށް ވިދާޅުވިއެވެ.

އިންތިޚާބުތައް ބާއްވަންޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން މެނިފެސްޓޯ ހަދައިގެން ރަށްތަކަށް ދަތުރުކޮށް ކެމްޕެއިންކޮށްގެން. ރަށްތަކަށް ކޮށްދިނުމަށް ބޭނުންވާ ކަންކަމުގެ ވައުދުވެސް ވެގެން. ދެ މިލިއަން ރުފިޔާ ބަހައިގެން ވޯޓު ހޯދާ ހޯދުމަށް ނިމުމެއް އަންނަންޖެހޭ

އެސޯސިއޭޝަންތަކުގެ ވެރިންނަށް މިހާރު ތިއްބަވާ ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ، މަގާމުގައި ހުންނަވާއިރު ލިބޭ އެއްޗަކުން ދިރިއުޅުމެއް ބިނާކުރުމަށް ނިންމައިގެން މަގާމުތަކަށް އަންނަ ބޭފުޅުންކަމަށެވެ. އެސޯސިއޭޝަންގެ ރައީސްކަމަށް އަންނަ ބޭފުޅުންގެ މަގްސަދަކަށްވެފައި އޮންނަނީ ވިޔަފާރި އުސޫލުން އެކަން ކޮށްގެން މުޅި ހަޔާތް އެމަގާމުގައި ހުންނެވުންކަމަށެވެ. މަގާމާއި ހަވާލުވެއްޖިއްޔާ މަގާމުން ސަލާމަތްނުވެވެނީ ލިބޭ މަންފާތަކުގެ ސަބަބުންކަމަށެވެ.

އެންމެ ދިހަވަރަކަށްް ކްލަބަށް ވޯޓު ލެވޭގޮތް ހަދާފައި، ކޮންމެ ކްލަބަކަށް ދެމިލިއަން ރުފިޔާ ދީފައި ވޯޓު ގަންނަނީ މި. ދެން އަނެއްކާ ވޯލްޑްކަޕް ބާއްވާނެ ގައުމެއް ކަނޑައަޅަން ނަގާ ވޯޓުގައި ރާއްޖެއިން ބައިވެރިވާންގޮސް، އެސޯސިއޭޝަނުގެ ރައީސް މިއަންނަނީ ވޯޓު ވިއްކާލާފައި ޖީބަށް ލާރިކޮޅު ލައިގެން

އިލެކްޝަންސް ކޮމިޝަނުން ކުޅިވަރު އިންތިޚާބުތައް ބާއްވާ ވާހަކަ ދެއްކުމުން، އެސޯސިއޭޝަންތަކުގެ ވެރިން ރުޅި އަންނަނީ އެހެންވެކަމަށް ހަލީމް ވިދާޅުވިއެވެ. އެހެންނަމަވެސް، ކުޅިވަރު ކުލޭ ފަރާތްތަކުން މިކަމަށް ތާއީދުކުރައްވާ ކަމަށާއި އިންސާފުވެރި އިންތިޚާބެއް ކުޅިވަރު ކުޅޭ މީހުންވެސް ބޭނުންވާކަމަށް ހަލީމް ވިދާޅުވިއެވެ.

ސްޕޯޓްސް ކޯޕަރޭޝަނަށް ބާރު ދިނުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުމަށް މަގުފަހިވާނެކަމެއް ކަމަށެވެ. އަދި ކުޅިވަރު ވަސީލަތްތައް ތަރައްގީކޮށް ބެލެހެއްޓުމަށްވެސް ފަސޭހަވެގެންދާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: