ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމްގެ އަމަލާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު ޖަހައިފި

ހަތެއް ފެބްރުއަރީ ދެހާސް ބާރަވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި، ސިފައިންނާއި ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ޓެރަރިޒަމްގެ އަމަލެއް ހުއްޓުވައި، ފުލުހުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރި ހަތް މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ޓެރަރިޒަމްގެ އަމަލެއް ހުއްޓުވައި ފުލުހުން އޮޕަރޭޝަން ކުރިއަށްގެންދާއިރު، މި އޮޕަރޭޝަން ހިންގަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި، އަދި ތ. ތިމަރަފުށީގައެވެ.

މި މައްސަލައިގައި އިއްޔެ ހައްޔަރު ކޮށްފައިވަނީ 28 އަހަރުގެ ދިވެއްސަކާއި، 34 އަހަރުގެ ދިވެއްސެއް ކަމަށެވެ.

އެ ދެ މީހުންގެ ބަންދަށް ޖަހާފައިވަނީ ހަތް ދުވަހެވެ.

މި މައްސަލައިގައި މީގެކުރިން ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހަކާއި، 29 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހަކާއި، 34 އަހަރުގެ މީހަކާއި، 18 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ އުމުރުން 18 އަހަރުގެ މީހާ ފިޔަވައި ދެން ތިބި ފަސް މީހުންގެ ބަންދަށް އިތުރު 15 ދުވަސް ދީފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: