ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު 47 މިީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ ފޮޓޯ: ދުވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ރާއްޖެއިން 47 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވް ވި 47 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 46 މީހަކާއި ހިންގަމުންދާ ރިސޯޓަކުން ޕޮޒިޓިވްވި މީހެކެވެ.

އަދި މިއަދު އަތޮޅު ތެރެއިން ރަށްރަށުންނާއި ސިނާއީ މަސައްކަތް ކުރަމުންދާ ރަށްރަށުން ޕޮޒިޓިވް ކޭސްއެއް ފެނިފައި ނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،994 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 121 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،902 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1039 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 94 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 46 އަށް އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: