ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގުޅުން ހިންގަން ތިއްބާ ދިވެއްސަކާއި، ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ފުލުހުންގެ ބިލްއަށް އާއްމުންގެ ހިޔާލަށް ހުޅުވާލުން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގުޅުން ހިންގަން ތިއްބާ ދިވެއްސަކާއި ދެ ބިދޭސީ އަންހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑިސެމްބަރު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބިއުޓީ ސުލޫނެއްގެ ގޮތުގައި މާލޭގައި ހިދުމަތްދެމުންދާ ތަނަކުން ބިދޭސީ ދެ އަންހެނަކާއި، 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތިން މީހުން ހައްޔަރު ކޮށްފައިވަނީ, ޖިންސީ ގުޅުން ހިންގަން ތިއްބައެވެ. އަދި އެ ބިދޭސީ ދެ މީހުންނަކީ ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމިގެ ވިޔަފާރި ކުރަމުންދާ ދެމީހުނެވެ. ނަމަވެސް ފުލުހުން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 54%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 8%ވަރަށް ދެރަ 31%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: