ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 16 މީހުން ޕޮޒްޓިވްވެ, 65 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒްޓިވް ވެފައިވަނީ މާލެއިން 9 މީހުންނާއި ރިސޯޓުތަކުން ދެ މީހުންނާއި އަތޮޅުތެރެއިން 5 މީހުންނެވެ.
މިއާއެކު މިވަނީ ރާއްޖެއިން މިބައްޔަށް ޖުމްލަ 13،159 މީހުން ޕޮޒްޓިވް ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 12،264 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 47 އެވެ.ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 79 މީހުންނެވެ.