ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ދަރަނި 57.3 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ

އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟
މިއަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު، ދައުލަތުގެ ދަރަނި 57.3 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެއެވެ.
 
މިއީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 98.9 އިންސައްތައިގެ އިތުރުވުމެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި މިދިޔަ މަހުގެ އިކޮނޮމިކް އަޕްޑޭޓުގައި ގޮތުން ގެރެންޓީޑް ޑެބްޓް ނުލައި، ދައުލަތުގެ ދަރަނި ވަނީ 57.3 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، ތިން އިންސައްތައިގެ އިތުރުވުމެކެވެ.
ދައުލަތުގެ ދަރަނި އިތުރުވެފައިވާއިރު، ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. އެގޮތުން، މި އަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތަށް ހިލޭ އާމްދަނީއާއި ނުލައި، ލިބުނު އާމްދަނީ ވަނީ 48 އިންސައްތަ ދަށަށް ގޮސްފައެވެ. މީގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުމެވެ. ޓެކްސް ރެވެނިއު އަދި ނޮން ޓެކްސް ރެވެނިއުގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ދަށްވެފައެވެ.

އެގޮތުން، ޓެކްސް ރެވެނިއު، 275.9 މިލިއަން ރުފިޔާއަިން ދަށްވެފައިވާއިރު، ނޮން ޓެކްސް ރެވެނިއު ވަނީ 552.7 މިލިއަން ރުފިޔާއިން ދަށްވެފައިވާކަމަށް އެމްއެމްއޭއިން މައުލޫމާތު ދެއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: