ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެނުއަރީ ފުރަތަމަ 4 ދުވަހު މޯލްޑިވިއަންގެ ހާއްސަ ދަތުރު ތަކެއް ކޮޗިންއަށް

ފޮޓޯ: މޯލްޑިވިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ ފުރަތަމަ ހަތަރު ދުވަހު މޯލްޑިވިއަންއިން އިންޑިއާގެ ކޮޗިން އަށް ހާއްސަ ފްލައިޓުތަކެއް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ފްލައިޓުތައް ބޭއްވުމަށް ނިންމާފައިވަނީ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހަށެވެ. މިދަތުރުތައް ބާއްވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާ ކޮޗިންއަށެވެ.

މި ދަތުރުތަކުގައި އެންމެ ކުޑަކޮށް ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ އެއްކޮޅު ޓިކެޓެއް 126 ޑޮލަރު ނުވަތަ 1946 ރުފިޔާއަށެވެ. އަދި މިއަދުންފެށިގެން ބުކިން ހެއްދުމަށް މޯލްޑިވިއަނުން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

މޯލްޑިވިއަނުން ނިމިދިޔަ ނޮވެމްބަރު މަހުވެސް ވަނީ ކޮޗިނުން މާލެއަށް އެއްކޮޅު ދަތުރުތަކެއް ބާއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: