ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބީ ރައީސް ބައިޑެން ތަފާތު 2 ބޫޓް ކިބައަކަށް އަރަންޖެހުނީ ކީއްވެ?

ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން ތަފާތު ދެ ބޫޓް ކިބަޔަކަށް އަރުއްވާގެން ހުންނެވި ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ބޭރު ދުނިޔޭގެ ބައެއް މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން މި ދިޔަ ހަފްތާގައި ބައިޑެން ވަނީ އޭނާގެ ޖާމަން ޝެފާޑް  އަކާ އެއްކޮށް ކުޅުމުގެ ތެރޭގައި ފައިތިލާގެ ކުދި ކަށިތަކެއް ބިންދައިގެން ގޮސް އަނިޔާވެފައެވެ.

އާންމު ގޮތެއްގައި އެވަރު ކުޑަކަމަކުން ތަނެއް ބިންދައިގެން ދިއުމަކީ ނާދިރުކަމެކެވެ. ނަމަވެސް އެކަމާ ބެހޭ މާހިރުންނާއި ހަވާލާދީ ބޭރުގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުގައި 50 އަހަރުން މަތީގެ މީހެއްނަަމަ މިފަދަ ކަންކަން ދިމާވުމަކީ އާންމު ކަމެކެވެ.

މީގެ އިތުރުން މީޑިއާ ތަކުގައި ބުނެފައިވަނީ ކަށީގެ ބަލިތަކަށް ހާއްސަ މާހިރެއް ބައިޑެންގެ ބިދެފައިވާ ފައިތިލައަށް ފަރުވާ އަކަށް ވަކިކަހަލަ ބޫޓްއެއް ފޮނުވާފައިވާކަމަށެވެ. އަދި މިފަދަ ބޫޓަކީ ފައިތިލައާއި ތަބިކަށީގެ އަނިޔާތަކަށް އެންމެ ރަގަނޅު އެއްފަރުވާކަަމަށް ބުނެފައިވެއެވެ.

އަދި އެފަދަ ބޫޓެއްގެ އެހީގައި އަނިޔާވެފައިވާ ފައިތިލާގެ ދުޅަ ތިރި ކޮށް ކަށިތަށް ހުންނަންވާ ހިސާބުގައި އުފެދުމުގައި ހުރިގޮތަށް ބަހައްޓާ ދޭކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ކުރިޔައް އޮތް ހަފްތާގައި ބައިޑެން އުޅުއްވާނީ މި ބޫޓް އަށް އަރައިގެން ކަމަށް މީޑިއާތަކުގައި ބުނެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: