ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުމޫން ވެސް ބައިޑެން އަށް މަރުހަބާ ދަންނަވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް/ ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން އަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.

މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމެރިކާގައި ބޭއްވި ތާރީހީ ރިޔާސީ އިންތިހާބު އިންތިހާބީ ރައީސް ބައިޑަން އާއި ނައިބު ރައީސް ކަމަލާ ހާރިސް، ކާމިޔާބު ކުރެއްވުމާ ގުޅިގެން ދެ ބޭފުޅުންނަށް ވެސް މަރުހަބާ ދަންނަވާ ކަމަށެވެ.

މައުމޫން ވިދާޅިވީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި ދުނިޔޭގެ ސުލްހައަށާއި ހަމަޖެހުމަށްޓަކައި އެމެރިކާ އިން މުހިންމު ރޯލެއް އަދާ ކުރަން ޖެހޭ ކަމަށެވެ.

ވާދަވެރި އިންތިހާބަކަށް ފަހު ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިކުރައްވާ އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަން އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާފައި ވަނީ290 އިލެކްޓޯރިއަލް ވޯޓު ހޯއްދަވައިގެންނެވެ. މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގަތީ 214 ވޯޓެވެ.

އުމުރުފުޅުން 77 އަހަރުގެ ބައިޑެން އަކީ އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި 46 ވަނަ ރައީސް އެވެ. އަދި ބައިޑެންގެ ނައިބު ރައީސާ، ކަމަލާ ހެރިސް އަކީ އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ނައިބު ރައީސާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: