ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބަދުވެސް އަމަލުކުރާ ގޮތަކީ ކުރާކަމެއް އަވަހަށް ނިންމާފައި ނަމާދަށް ދިޔުން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން/ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަބަދުވެސް އަމަލުކުރާ ގޮތަކީ ކުރާކަމެއް އަވަހަށް ނިންމާފައި ނަމާދަށް ދިޔުން ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ޒަމާނުއްސުރެ އަމަލުކުރާ ގޮތަކީ އެއީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އާާދިއްތަ ދުވަހު ހަވީރު 16:30 އިން ފެށިގެން ކުރިއަށްދިޔައިރު، ނަމާދު ވަގުތަށް ޖަލްސާ މެދުކަނޑާލާފައިވަނީ މަޣްރިބް ނަމާދަށް ބަންގި ގޮވިތާ ކުޑަވަގުތުކޮޅެއް ފަހުންނެވެ. އޭރު މަޖިލީހުގައި ކުރިއަށްދިޔައީ ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މަޖިލީހަށް އޮޅުވާލިކަމަށް ބުނާ މައްސަލައިގެ ކޮމެޓީ ރިޕޯޓަށް ބަހުސްކުރުމެވެ. އޭރު ބަހުސްކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމަށް މާ ގިނަ ވަގުތެއް ނެތްކަން ފާހަގަކުރެވެއެވެ. ބަންގީގެ ވަގުތަށް މަޣްރިބް ނަމާދަށް ގޮވިފަހުން މެދުކަނޑާލުމަށްފަހު، ދެން އަލުން ޖަލްސާ ފަށާފައިވަނީ ރޭގަނޑު 7:45 ގައެވެ.

މަޣްރިބް ނަމާދަށް ގޮވުމާއެކު، މަޖިލީސް އެވަގުތު ކުރިއަށްދާތީ އެކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އިޝާރާތްކުރެއްވުމުން، މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އަބަދުވެސް އަމަލުކުރަމުންދާ އުސޫލަކީ ކުރާކަމެއް އަވަހަށް ނިންމާފައި ނަމާދަށް ދިޔުން ކަމަށެވެ. އަދި ޒަމާނުއްސުރެ ރައްޔިތުންގެ މަޖިލީހުގައި އަމަލުކުރަމުންދިޔައީވެސް މިއުސޫލަށް ކަމަށެވެ.

އިއްޒަތްތެރި މެމްބަރު ކުރިން ވަޒީރުކަން ކުރައްވަން އުޅުމުން، ފަހަރުގައި މަޖިލީހުގައި ކަންތައް ހިނގާ ގޮތް ނޭންގިދާނެ

ރައީސް ނަޝިދު ދެއްކެވި ވާހަކަތަކަށް އާންމުންނާއި، ބައެއް ސިޔާސީ ބޭފުޅުން އަންނަނީ ފާޑު ވިދާޅުވަމުންނެވެ. އެގޮތުން، ދީނުގައި އޮންނަ ގޮތަކީ ކުރަންހުރި ކަމެއް ބެހެއްޓުމަށްފަހު، ވީހާވެސް އަވަހަކަށް ނަމާދަށް ދިޔުންކަމުގައި ބައެއް އާންމުންނާއި ސިޔާސީ ބޭފުޅުން އަންނަނީ ފާހަގަކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: