ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒައިދު، ނަޝީދަށް: ނަމާދަކީ ހިތަށް އެރި ގަޑިޔަކު ކުރަން އޮންނަ އަޅުކަމެއްނޫން!

ޝެއާރކޮށްލާ ކަހަލަދޯ؟

ނަމާދަކީ ކުރަން އޮތް ކަމެއް ނިންމާފަ ހިތައް އެރި ގަޑިއެއްގައި ކުރަން އޮންނަ އަޅުކަމެއް ނޫންކަމަށް ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވީ އަބަދުވެސް އަމަލުކުރާ ގޮތަކީ ކުރާކަމެއް އަވަހަށް ނިންމާފައި ނަމާދަށް ދިޔުން ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ޒަމާނުއްސުރެ އަމަލުކުރާ ގޮތަކީ އެއީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ނަޝީދަށް ރައްދު ދެއްވައި ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަމާދަކީ ކުރަން އޮތް ކަމެއް ނިންމާފަ ހިތައް އެރި ގަޑިއެއްގައި ކުރަން އޮންނަ އަޅުކަމެއް ނޫންކަމަށެވެ. އެއީ ވަގުތު ކަނޑައެޅިގެން އޮތް ފަރުޞެއް ކަމަށާއި، އެއީ އިސްލާމްދީނުގެ ދެ ވަނަ ރުކުން ކަމަށް ޒައިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އާާދިއްތަ ދުވަހު ހަވީރު 16:30 އިން ފެށިގެން ކުރިއަށްދިޔައިރު، ނަމާދު ވަގުތަށް ޖަލްސާ މެދުކަނޑާލާފައިވަނީ މަޣްރިބް ނަމާދަށް ބަންގި ގޮވިތާ ކުޑަވަގުތުކޮޅެއް ފަހުންނެވެ. އޭރު މަޖިލީހުގައި ކުރިއަށްދިޔައީ ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މަޖިލީހަށް އޮޅުވާލިކަމަށް ބުނާ މައްސަލައިގެ ކޮމެޓީ ރިޕޯޓަށް ބަހުސްކުރުމެވެ. އޭރު ބަހުސްކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމަށް މާ ގިނަ ވަގުތެއް ނެތްކަން ފާހަގަކުރެވެއެވެ. ބަންގީގެ ވަގުތަށް މަޣްރިބް ނަމާދަށް ގޮވިފަހުން މެދުކަނޑާލުމަށްފަހު، ދެން އަލުން ޖަލްސާ ފަށާފައިވަނީ ރޭގަނޑު 7:45 ގައެވެ.

މަޣްރިބް ނަމާދަށް ގޮވުމާއެކު، މަޖިލީސް އެވަގުތު ކުރިއަށްދާތީ އެކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އިޝާރާތްކުރެއްވުމުން، މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އަބަދުވެސް އަމަލުކުރަމުންދާ އުސޫލަކީ ކުރާކަމެއް އަވަހަށް ނިންމާފައި ނަމާދަށް ދިޔުން ކަމަށެވެ. އަދި ޒަމާނުއްސުރެ ރައްޔިތުންގެ މަޖިލީހުގައި އަމަލުކުރަމުންދިޔައީވެސް މިއުސޫލަށް ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: