ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މައުމޫނަކީ ފިތްކަނޑައިގެންދާވަރުގެ އަނިޔާވެރި ވެރިކަމެއް ކުރެއްވި ބޭފުޅެއް: ނަޝީދު

ރައީސް ނަޝީދު، ރައީސް މައުމޫނާ އެކު—
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ފިތްކަނޑައިގެންދާވަރުގެ އަނިޔާވެރި ވެރިކަމެއް ކުރެއްވި ބޭފުޅެއްކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

“އާސްކް ސްޕީކާ” ޕްރޮގްރާމްގައި އާއްމު ފަރާތަކުން ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން ކުރި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މައުމޫން ޖަލަށް ނުލެއްވީ މައުމޫން ކަމެއް ނުކުރައްވާތީ ނޫން ކަމަށާއި މައުމޫނަކީ 30 އަހަރުގެ ދިގު ހުދުމުހުތާރު އަދި ދިވެހިންގެ ފިތްކަނޑައިގެންދާހާ އަނިޔާވެރި ވެރިކަމެއް ކަމެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

“އަޅުގަނޑު އެކަން ބެލީ ތާރީހުގެ ފަށްފުށަށް ގެންދެވި، އަޅުގަނޑުމެންނަށް ހެޔޮ ގޮތުގައި ދިވެހިންނަށް ވެރިކަން ކުރަމުން ދެވޭނެ ގޮތެއް ހޯދުން” މައުމޫން ޖަލަށް ނުލެއްވި ސަބަބާއި ގުޅޭގޮތުން ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކުރީގެ ރައީސުންނާއި މެދު އެގޮތަށް ކަންތައް ކުރުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ނުރުހޭ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުގައި ހުރުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް މައުމޫން ޖަލަށް ނުލެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު، ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫނު ފުލުހަށް ހާޒިރުކޮށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައިވެއެވެ.

ވަރަށް ގަދަ
39%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 35%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ކުރިން މައުމޫނާ އަޅައިގަނެގެން ނުނެއްޓިގެން އުޅުނީ ރީކޯ މޫސަދޯ. މިހާރު މައުމޫނާ އަޅައިގަނެގެން ނުނެއްޓިގެން މިއުޅެނީ އަންނި. ބުއްޅަބޭ ޖަލަށްލީ ނަމާދު ކޮށްގެން މިސްކިތުގައި ޔާސީން ސޫރަތް ކިޔަން އިންދަތަ؟ މައުމޫނު އަންގައިގެން އެއްވެސް ފަނޑިޔާރެއް ރަހީނު ކުރިތަ؟ ދެތިން ކުދިންގެ އަމާ ރޭގަނޑު ދަންވަރު ދޮރުވައްޓަލައިގެން ގެންގޮސް ގާމާދޫ ވަލުތެރޭގައި ބެހެއްޓީ ބުއްޅަބޭ. ކިތައް ފަހަރު ޔާމީނު، ޤާސިމު އަދި ޖަމީލު ޖަލަށް ލީންތަ؟
    އަނގަ ބޮޑުވެފައި އޮތިއްޔާ ތަޅުވާ ބޭލިދާނެ!!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: