ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރަން ނުޖެހޭ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި ނިންމުން ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ  ކޯޓުން ބަލައިގެންފިއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު,  މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއް ކަމަށްވާ “ދިޔަރެސް” ގެ ފަރާތުންނެވެ.

މި މައްސަލަ ހައިކޯޓުން ބަލައިގަތް ނަމަވެސް، މައްސަލައިގެ އަޑުއެހުމެއް އަދި ތާވަލުކޮށްފައެއް ނުވެއެވެ.

ޑިފެންސް މިނިސްޓްރީން ވަނީ  މައުލޫމާތު ހާމަކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވެ އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ކަމަށް މީގެ ކުރިން  ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: