ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީގެ ފަހުން 5 މިލިއަން ރުފިޔާއިން ދަށުގެ ހުރިހާ ޕްރޮކިއުމަންޓްތައް އާންމު ކުރަންޖެހޭނެ!

ފިނޭންސް މިނިސްޓަރު އިބްރަހިމް އަމީރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

5 މިލިއަން ރުފިޔާ އަށްވުރެ ދަށުގެ ހުރިހާ ޕްރޮކިއުމަންޓުތަކުގެ މައުލޫމާތު ހާމަކުރަންޖެހޭ އުސޫލެއް ކަނޑައަޅާ ފިނޭންސް މިނިސްޓްރީއިން އެ އާއްމުކޮށްފިއެވެ.

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ޕްރޮކިއުމެންޓާއި ގުޅޭ މުވައްޒަފުންނަށް ހާއްސަކޮށްގެން މިނިސްޓްރީގެ ބަނޑޭރިޕޯޓަލްގައި “ގަވަމަންޓް ޕްރޮކިއުމަންޓް ޕްރޮފެޝަނަލް ނެޓްވޯކް” ގެ ނަމުގައި ނޮލެޖް ޕޯޓަލްއެއް ވަނީ ގާއިމްކޮށްފައެވެ.

5 މިލިއަން ރުފިޔާއަށް ވުރެ ދަށުގެ ހުރިހާ ޕްރޮކިއުމަންޓުތަކުގެ މައުލޫމާތު ހާމަކުރުމަށް އަންގާ ފިނޭންސްއިން އާއްމުކުރި ސާކިއުލާގައި ބުނެފައިވަނީ ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުޢައްޞާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓެއް ކަމުގައިވާނަމަ އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މަޢުލޫމާތު، އެ ޕްރޮކިއުމަންޓެއް އެވޯޑް ކުރެވުނު ތާރީޚުން ފެށިގެން ސަރުކާރު ބަންދުނޫން 5 ދުވަހުގެ ތެރޭގައި އާއްމުކުރަންޖެހޭކަމަށެވެ.

ފިނޭންސްއިން ބުނެފައިވަނީ ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުވައްސަސާތަކުން ކުރިޔަށް ގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓެއް ކަމުގައިވާނަމަ ކޮންމެ މަހެއްގައި އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މަޢުލޫމާތު ވެސް ހިއްސާކުރަން ޖެހޭނެ ކަމަށެވެ. އަދި އެ މައުލޫމާތުތައް އާއްމު ކުރަންޖެހޭނީ ދެން ފެށޭ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކަމަށާއި، އެ ހުރިހާ ތަފްސީލެއް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމަށް ސާކިއުލާގައި ވެއެވެ.

މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 10.67 ގެ ދަށުން 15 އިންސައްތައަށް ވުރެ އިތުރަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމުގައި އާއި އެ މާއްދާގެ (ނ) ގައި ބަޔާންކުރާ އެއް ފަހަރާ ފައިސާ ދައްކައިގެން ނޫނީ ލިބެން ނެތް މުދަލާއި ހިދުމަތުގެ އަގު 35،000 ރުފިޔާއަށްވުރެ ބޮޑުނުވާނަމަ އެ ފައިސާ އެއްފަހަރާ ދޫކުރުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ސާކިއުލާގައި ވަނީ ބުނެފައެވެ.

ދިވެހި ރާއްޖޭގެ މާލިއްޔަތު ގާނޫނުގެ 10.25 ވަނަ މާއްދާގެ ނ ގައި ބުނެފައިވާ ގޮތުން “ސިންގަލް ސޯސް ޕްރޮކިއުމަންޓް” ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި ޕްރޮކިއުމެންޓުގެ އަގު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ އެ ތަކެތި ނުވަތަ ހިދުމަތް ހޯދަންވާނީ އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ބެލުމަށްފަހުއެވެ. އަދި ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 34.10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވެއެވެ.

އެގޮތުން ޕްރޮފެޝަނަލް އަދި ފަންނީ ފެންވަރު، މާލީ ވަސީލަތްތަކާއި ގާބިލުކަމާއި ހާލަތު، އިކުއިޕްމަންޓާއި އެހެނިހެން ވަސީލަތްތައް، މުވައްޒަފުންނާއި ހިންގުމުގެ ފެންވަރު، ކުރިން ކޮށްފައިވާ ގުޅުންހުރި އެހެން ޕްރޮޖެކްޓްތަކުގެ ރިކޯޑު، މިހާރު ކުރަމުންދާ މަސައްކަތްތަކާއި އެފަރާތެއްގައި ހުރި ޤާބިލުކަމާއި ހުނަރު އަދި އެކަމަކަށް ބޭނުންވާ ވަސީލަތްތައް ހުރިނަމަ އެކަން، އަދި ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ ނުވަތަ ހިނގާފައިވާ މައްސަލައެއް އޮތްނަމަ، އެކަމެއް ބެލުމަށް ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: