ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ދަތިތައް ހައްލު ކުރުމަށް ރައީސް ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުން: ގާސިމް

ގާސިމް އިބްރާހިމް-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިއްޔެ ފާހަގަކުރި މަސްވެރިންގެ ދުވަހުގެ ތަހުނިޔާ މަސްވެރިންނަށް ފޮނުވަމުން ޤާސިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް މަސްވެރިންނަށް ދިމާވެފައިވާ އެކި ދަތިތައް ހައްލުކުރުމަށް ރައީސް ސޯލިހު އާއި ސަރުކާރުން ކެނޑި ނޭޅި މަސައްކަތް ކުރައްވާނެކަމަށެވެ.

ގާސިމް މިހެން ވިދާޅުވިއިރު، ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވި ފަހުން މަސްވެރިން، ހާއްސަކޮށް ބޮޑު ކަންނެލި މަސްވެރިން އަންނަނީ ބާޒާރުގައި އަގުތައް މަތިވަމުންދާ ވަރަށް މަހުގެ އަގު މަތި ނުވާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މަސް ގަންނަ ކުންފުނިތަކުން މަހުގެ އަގު ބޮޑުކޮށްދޭން ޖެހޭ ކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.

މަސްވެރިންގެ ދުވަހު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން އިފްތިތާހީ ޖަލްސާ އިއްޔެ ކަނޑުމަތީގައި ބާއްވާފައިވާއިރު، އެ ޖަލްސާގައި ޝުއޫރު ފާޅުކޮށް މަސްވެރިކަމަށް އޮތް ގޮންޖެހުންތައް ވަނީ ހިއްސާކޮށްފައެވެ.

ޖަލްސާގައި ވާހަކަ ދެއްކި އިތުރު ބައިވެރިއަކު ބުނީ، ބޮޑު ކަންނެލި ގަންނަ ހަމަ އަގު 80 ރުފިޔާއަށް ހަމަޖައްސައި ނުދެވޭނަމަ އިހުތިޖާޖަށް ނުކުންނާނެ ކަމަށާއި އެކަން އެގޮތަށް ނުކޮށްދެވޭ ނަމަ ފިޝަރީޒް މިނިސްޓަރު ކަމުން ޒަހާ ވަހީދު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: