ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގައި ހަދާ ފެނަކަ ކޯޕަރޭޝަންގެ އާ އިންޖީނުގެ އިމާރާތުގެ ބިންގާ އަޅައިފި

ގދ. ތިނަދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އިމާރާތުގެ ބިންގާ އެޅުން/ ފޮޓޯ: ފެނަކަ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫގައި ހަދާ ފެނަކަ ކޯޕަރޭޝަންގެ އާ އިންޖީނުގެ އިމާރާތުގެ ބިންގާ އަޅައިފި އެވެ.

ގއ އަތޮޅު، އަދި ގދ އަތޮޅުގެ އިންޖީނުގެތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް އާ އިމާރާތްތައް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން ތިނަދޫގެ އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

ތިނަދޫ އިންޖީނުގޭ ބިންގާ އަޅުއްވާދެއްވާފައި ވަނީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުއެވެ. އަދި އެ ރަށުގެ ކައުންސިލްގެ މެމްބަރުން ވަނީ ރަސްމިއްޔާތުގައި ބައިވެރިވެފައެވެ. އޭގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޢުނީ ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިރިވެވަޑައިގެންފައެވެ.

2016 ވަނަ އަހަރުގެ ތެރޭގައި ތިނަދޫގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެ ރަށުގައި އާ އިންޖީނުގެއެއް އަޅަން ބޭރު ކުންފުންޏަކާއި ވެސް ހަވާލު ކުރިއެވެ. ދައުލަތުގެ ބަޖެޓުން 11 މިލިއަން ހަރަދުވާނެ ކަމަށް ބުނި އެ މަޝްރޫއު ހަވާލު ކުރިއިރު ފެނަކައިގެ އެމްޑީއަކަށް ހުންނެވީ މުހައްމަދު ނިމާލްއެވެ.

ފެނަކައިން ދަނީ އެހެން ރަށްތަކުގެ ވެސް އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި އަހަރު ނިމެންވާއިރަށް28 ތަނެއް އެއްކޮށް ބަދަލުކޮށް ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި 56 ރަށެއްގެ އިންޖީނުގެތައް ތަރައްގީ ކުރުމަށް ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: