ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓް ކޮމިޓީއަކީ ތަންދޮރު ނުދަންނަ، ވާނުވާ ނޭގޭ ބައެއް: މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ފްލެޓް ކޮމިޓީއަކީ ތަންދޮރު ނުދަންނަ، ޒިންމާދާރުކަމެއްނެތް، ވާނުވާ ނޭގޭ ބައެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ހިޔާ މަޝްރޫއުގެ 2500 ފްލެޓާއި އެއްކޮޓަރި ފްލެޓްތައް ވުޖޫދުގައި ނެތްކަމަށް ބުނެ ފްލެޓް ކޮމިޓީން ދައްކަވާފައިވާ ވާހަކަތައް ރައްދު ދެއްވަމުންނެވެ.

ފްލެޓްތަކުގެ އެންމެ ފަހުގެ މަޢޫލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޓީގެ މެމްބަރު ތޯހާ މުޙައްމަދު ވިދާޅުވީ އެ ފްލެޓްތައް ދޫކުރުމަށް ކުރީ ސަރުކާރުން އިޢުލާނުވެސް ނުކުރާކަމަށާއި، އެމަޝްރޫޢުއަށް ހުޅުޥާލިނަމަ ފްލެޓް ލިބޭ ވަގުތީ ލިސްޓެއްވެސް އޮންނާނެކަމަށް ޠާހާ ވިދާޅުވިއެވެ. ނަމަވެސް އެފަދަ ލިސްތެއްވެސް ނެތްކަމަށްވެސް ޠާހާ ވިދާޅުވިއެވެ.

އެކަމަށް ރައްދު ދެއްވި މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ މަޝްރޫޢުގެ އެއްވެސް ނިންމުމެއް އެކަމާއި ގުޅޭ އިއުލާނެއް ނޫނީ ލިޔުމެއް ގެޒެޓްނުކޮށް ކޮށްފައި ނުވާނެކަން އަދިވެސް ތަކުރާރުކޮށްލާ ކަމަށެވެ.

“ފްލެޓް ކޮމިޓީއަކީ ތަންދޮރު ނުދަންނަ، ޒިންމާދާރުކަމެއްނެތް، ވާނުވާ ނޭގޭ ބައެކޭ މީހުން ބުނެ އުޅެނީ ސަބަބުތަކެއް ހުރީމަ.” މުއިއްޒު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: