ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަޙައްދުގެ 6 ތަނަކުން މިހާރު ޕީސީއާރް ޓެސްޓު ހެދޭނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަޙައްދުގެ ހަ ތަނަކުން ކޮވިޑް-19 ޕީސީއާރް ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މާލެ ސަރަޙައްދުގެ ގެސްޓްހައުސްތައް ހުޅުވާލުމަށް ނިންމުމާއެކު އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން މަހަކު އެއްފަހަރު ޕީސީއާރް ޓެސްޓު ހަދަންޖެހޭނެ ކަމަށް އެޗްޕިއޭއިން އާންމުކުރި ގައިޑްލައިންގައި ވެއެވެ.

އެޗްޕީއޭއިން ބުނީ މިހާރު ހަ ތަނަކުން ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށެވެ. އެ ހަ ތަނަކީ އައިޖީއެމްއެޗް، އޭޑީކޭ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް، މެޑްލެބް ޑައިގްނޯސްޓިކްސް، ރިސޯޓް މެޑިކަލް ލެބޯޓްރީ ސަރވިސް އަދި ހުޅުމާލެ ހޮސްޕިޓަލް އެވެ.

ނުވަ މަހަށް ފަހު މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ ހަފުތާގަ އެވެ. ކޮވިޑް-19 އިގެ ކުރިން މާލެ ސަރަހައްދުގައި 82 ގެސްޓް ހައުސްގައި 2،342 އެނދު ހިންގަމުން ދިޔަ އެވެ.

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވިއިރު، ރާއްޖޭގެ އެހެން ހިސާބުތަކުގައި ހުރި ގެސްޓްހައުސްތައް އޮކްޓޫބަރު 15 އިން ފެށިގެން ވަނީ ހުޅުވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: