ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 ސިޔާސީ ޕާޓީއަކަށް 11 މިލިއަން ރުފިޔާ ދޫކޮށްފި

އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް. ފޮޓޯ: އެޑިޝަން އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކަށް 11 މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންކަމަށެވެ. މިގޮތުން މިއަހަރު ކުރީކޮޅު ޕާޓީތަކަށް ފައިސާ ދޫކޮށްފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުވެސް ޕާޓީތަަކަށް ފައިސާ ދޫކޮށްފައިވާކަމަށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ތިން ޕާޓީއަކަށް ފައިސާ ދޫކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ފައިސާ ދޫކުރި ސިޔާސީ ޕާޓީތައް:

  • އެމްޑީޕީ- 5.8 މިލިއަން ރުފިޔާ
  • ޕީޕީއެމް- 3.9 މިލިއަން ރުފިޔާ
  • ޖުމްހޫރީ ޕާޓީ- 1.3 މިލިއަން ރުފިޔާ

ސިޔާސީ ޕާޓީތަކަށް ފައިސާ ލިބުމުގައި ދަތިތައް ދިމާވަނީ މި އަހަރު ދައުލަތުގެ ބަޖެޓުގައި ދަތިތަކެއް ހުރެގެން ކަމަށް ޝަރީފް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ޖެޓުގައި އެކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއިންކަމަށެވެ.، އެގޮތުން ދޫކުރެވޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓްގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ ޢަދަދަކަށް ވާންޖެހޭނެކަަމަށްވެސް ބުނެފައިވެއެވެ.

މި އަހަރު ރާއްޖޭގެ ބަޖެޓަށް ކަނޑައަޅާފައިވާ 37 ބިލިއަން ރުފިޔާގެ ތެރެއިން 33.4 މިލިއަން ރުފިޔާ ސިޔާސީ ޕާޓީތަކަށް ދޫކުރަން ވަނީ ކަނޑައަޅާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: