ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިހާދު، މައުމޫނަށް: ތިމަންނާއަކީ މުޅި އިސްލާމްދީން ކަމަށް ހެދިގެން އުޅުން ހުއްޓާލައްވާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމާއި ދެކޮޅަށް ވާހަކަ ދައްކަވައި، ތިމަންނާ އަކީ މުޅި އިސްލާމްދީން ކަމަށް ހެދިގެން އުޅޭ އުޅުން ހުއްޓާލެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް، ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އިލްތިމާސް ކުރައްވައިފިއެވެ.

ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާލަމުންދާތީ، އެކަމާ އެގައުމުގެ މުސްލިމުން ކަންބޮޑުވުން ފާޅު ކުރަމުން ދާއިރު، އެ ބަލީގައި މަރުވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން އެދިފައިވާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

މިކަމާ ދެކޮޅަށް ރައީސް މައުމޫން އިއްޔެ ވިދާޅުވީ ކޮވިޑް-19 ޖެހިގެން އެހެންް ގައުމުތަކުގައި މަރުވާ މީހުންގެ ހަށިގަނޑުތައް ރާއްޖެ ގެނެސް ވަޅުލުމަކީ އެކަމުގެ ސަބަބުން އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެއަށްފަހު ރައީސް މައުމޫން މިއަދު ވިދާޅުވީ ކޮވިޑް-19 އިގެ ސަބަބުން މަރުވާ ސްރީލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައި ދިނުމަކީ ދީނީ ގޮތުން ރާއްޖޭން ކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.

“އަދި އެކަން ކޮށްދީފިނަމަ އެކަން ވާނީ އެގައުމުގެ ސަރުކާރުން މުސްލިމުންނާމެދު އަމަލުކުރަމުން ދާ ގޮތަށް ކުރެވޭ ތާއީދަކަށް،” އެމަނިކުފާނު ވިދާޅުވި އެވެ.

މައުމޫންގެ މި ވާހަކައަށް ރައްދު ދެއްވައި ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނަކީ މުޅި އިސްލާމްދީންކަމަށް ދެކިގެން އުޅޭ އުޅުން ބަދަލު ކުރަންޖެހޭކަމަށެވެ. އަދި މިއަދު އެގޮތަށް ދެކިގެން އުޅުއްވިޔަސް އެކަން އެހެން ނުވާނެކަމަށް ނިހާދު ވިދާޅުވިއެވެ.

“ތިމަންނާއަކީ މުޅި އިސްލާމްދީން ކަމަށް ހެދިގެން އުޅުން ހުއްޓާލުމަށް އާދޭސް ދަންނަވަން! އެހެން އުޅުނަސް އެހެން ނުވެސްވާނެ! ކިޔަވައިގެން ބައިވަރު އިލްމުވެރިން ނިކުމެއްޖެ! ރީތިކޮށް ނަލަކޮށް ޝަރަފްވެރި ކަމާއިއެކު ދެ ދެނިޔެ ހޯދަން މަސައްކަތް ކުރުން މާ ބުއްދިވެރި.” ނިހާދު ވިދާޅުވިއެވެ.

މި މައްސަލާގައި ދިވެހި ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުންތައް އުފެދިފައިވާއިރު، ލަންކާގެ އިތުރުން ރާއްޖޭގެ އާއްމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ލަންކާ ސަރުކާރަށް ފާޑުކިއަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވެއިޓަރު ކަމުން މެމްބަރު ކަމަށް ޕްރޮމޯޓު ވި މީހަކަށް މިއަރަނީ ކޮންބާރެއް؟ އަނެއްކާ ވަދެ އިންނަ ތަނުގެ ކަޅުހޮއްކޮގެ ފަންޑިތަ ޖެހުނީބާ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: