ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލައިން ސްކޫލުން ދަރިވަރުން ވަކިކުރަން ފޮނުވި ނޯޓިސްތައް ބާތިލް ކުރަން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ގައި ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް ގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން ކޯހުން ވަކިކުރި ނޯޓިސްތައް ބާތިލް ކުރަން އަންގައިފިއެވެ.

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއެޝަނުންނާއި މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ފްލައިން ސްކޫލްގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ހާމަކޮށްފައެވެ.

އެ ބަޔާނުގައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދަރިވަރުންގެ ފަރާތުން އޮތޯރިޓީ އަށް ޝަކުވާ ހުށަހެޅުމާއެކު، ކަމާ ގުޅޭ އޮޑިޓްތަކާއި ތަހުގީގުތަކުގެ އަލީގައި ހައްލުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ. އެގޮތުން ދަރިވަރުންގެ އުދުހުމުގެ ގަޑިތައް ހަމަކުރުމަށް ބޭނުންވާ އަދަދަށް މަތިންދާ ބޯޓުތައް ފްލައިން ކޮންޑިޝަނަށް ގެނައުމަށް އަންގާފައިވާ ކަމަށާއި ބޯޓުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރަން މެއިންޓެނެންސް އެންޑް ކާގޯ މެނޭޖަރުގެ އެޕްރޫވަލްތައް ވިތްޑްރޯކޮށް އައު މެނޭޖަރެއް އައްޔަންކުރަން އަންގާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އިތުރު އެއްވެސް ދަރިވަރަކު ސްކޫލަށް ނުވެއްދުމަށް އަންގާފައިވާ ކަމަށާއި، އިތުރު އިންސްޓްރަކްޓަރުން އައްޔަންކުރަން އެންގުމުން ސްކޫލްގެ ފަރާތުން މިހާތަނަށް އިތުރު އިންސްޓްރަކްޓަރުންނަށް ވަޒީފާ ދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ރޭޝިއޯ ގަވާއިދުގައި ބުނާ މިންގަނޑަށް ފެއްތުމަށް ކުރެވެމުންދާ މަސައްކަތްތައް ސިވިލް އޭވިއޭޝަންް އޮތޯރިޓީގެ ރޫޓިން މަސައްކަތެއްގެ ގޮތުގައި މިހާރު ދިމާވެފައިވާ މައްސަލައާއި ގުޅިގެން ބެލެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ސްކޫލްގެ މަތިންދާބޯޓުތައް ބޭނުންކޮށްގެން އިތުރު އެއްވެސް ހަރަކާތެއް ނުހިންގުމަށާއި، ދަރިވަރުންގެ ތަމްރީނުތަކަށް އަސަރުކުރާ ގޮތަށް މެއިންޓެނެންސް ދާއިރާ އަށް މިހާރު ދިމާވެފައިވާ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް އެޕްރޫވްޑް އޯގަނައިޒޭޝަންތަކުގެ މެނުއަލްތައް ބަދަލުކުރަން ސްކޫލަށް އަންގާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

އަދި މެއިންޓެނެންސް އަށް ބޭނުންވާ ސްޕެއަރ ޕާޓްސް އަދި މެޓީރިއަލްސް ގެނައުމުގެ މަސައްކަތް ސިވިލް އޭވިއޭޝަންގެ ފަރާތުން ރޫޓިންކޮށް ބަލަމުންދާ ކަމަށާއި އެކަށީގެންވާ ޓައިމްލައިނެއްގައި ބޯޓުތައް ސާވިސަބަލް ނުކުރެވޭ ހާލަތެއް ދިމާވެއްޖެނަމަ ވެސް ދަރިވަރުންގެ ތަމްރީނުތަކަށް ބޭނުންވާ މިންވަރަށް، ސްކޫލްގެ ފަރާތުން ލީޒްކޮށްގެން ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން ނަމަވެސް “ކޮމްޕްލެކްސް” ބޯޓެއް ގެންނަންޖެހޭނެކަން ސްކޫލަށް އަންގާފައިވާ ކަމަށް ބުނެފައިވެއެވެ.

އަދި މިހާތަނަށް ސްކޫލުން ވަކިކުރަން ނޯޓިސް ފޮނުވި ހުރިހާ ދަރިވަރުންގެ ނޯޓިސްތައް ބާތިލުކޮށްފައިވާ ކަމަށާއި ޑޮލަރުން ދީ ނެގުމަކީ ރާއްޖޭގެ ގަވާއިދުތައް މަނާކުރާ ކަމަކަށްވާއިރު، ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރަން ސްކޫލަށް އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. މީގެ އެއް މަސް ކުރިން ވެސް މިފަދަ އެންގުމެއް ސްކޫލަށް އެންގި ނަމަވެސް މިހާތަނަށް އެއަށް އަމަލުކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

އަދި ދަރިވަރުންގެ ތަމްރީނުތައް ޝެޑިއުލް ކުރެވެމުންދާ ގޮތާއި، ތާވަލު އާންމުކޮށް ފެންނަން ހުންނާނެ ގޮތަށް ޕަބްލިޝް ކުރުމަށާއި އަދި ނަސްލުގެ ސަބަބުން ތަފާތުކުރުން ގެންގުޅޭނަމަ އެކަން ރިޕޯޓުކުރުމަށް ވެސް ވަނީ އަންގާފައެވެ.

މީގެއިތުރުން އެންގުންތަކަށް ސްކޫލުން އަމަލުކުރަމުންދޭތޯ ބެލުމަށް ސިވިލް އޭވިއޭޝަންގެ އިންސްޕެކްޓަރަކު ސްކޫލްގައި ބަހައްޓަން ވެސް މިހާރު ވަނީ ނިންމާފައެވެ. އަދި ދުރާލާ ޝެޑިއުލްތައް ތާވަލުކޮށް، ދަރިވަރުންގެ ކިޔެވުން ފަސޭހަވާނެ ގޮތަށް ތަމްރީނާއި އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭން ސްކޫލަށް އަންގާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

“މި މައްސަލައިގެ ރޫޓް ކޯޒް އަށް ވިސްނާއިރު ދުރު މުސްތަގުބަލުގައި މިފަދަ ކަމެއް ދިމާނުވާނެ ގޮތަށް އެޅިދާނެ ޕްރިވެންޓިވް ފިޔަވަޅުތައް ސަރުކާރުގެ މަތީ ފެންވަރުގައި ސިވިލް އޭވިއޭޝަންގެ ޓެކްނިކަލް އޮޕީނިއަންތަކުގެ އަލީގައި މަޝްވަރާ ކުރެވޭނެ” އެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: