ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުޑީޝަރީ މިނިވަން ކުރެވިއްޖެ، ކޯޓުތަކުން މިހާރު ހުކުމެއް ނުވިއްކޭނެ: ނަޝީދު

ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުން ރައްޔިތުންނަށް ވައުދުވެ އެންމެ ބޮޑަށް ބަދަލު ގެނައުމަށް މަސައްކަތް ކުރީ، ރާއްޖޭގެ ޖުޑީޝަރީކަމަށާއި، މިއަދު ރާއްޖޭގެ ޖުޑީޝަރީ މިނިވަން ކުރެވި، ހުކުމެއް ނުވިއްކޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެޖެންޑާާ19 ގައިވާ އިންސާފުގެ ވައުދު ފުއްދުމުގެ ގޮތުން ގިނަ ކަންކަން ކުރެވިފައިވާ ކަމަށާއި އެގޮތުން ސުޕްރީމް ކޯޓް އެއްކޮށް ބަދަލުކޮށް، އެ ކޯޓަކީ ދެފުށް ފެންނަ ގޮތަށް ޝަރީއަތް ހިންގާ ތަނަކަށް ހެދިފައިވާ ކަމަށެވެ.

އަދި ފަނޑިޔާރުންގެ ޝަކުވާ ފަސޭހައިން ބަލައިގަނެ، އެ ޝަކުވާތައް ބަލަމުން އަންނަ ކަމަށާއި ޝަރުއީ ނިޒާމަކީ ދިވެހި ރައްޔިތުން އިތުބާރު ކުރާ ނިޒާމަކަށް ހެދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑުމެން މަޖިލިސް ތެރެއިން ކުރެވި މަސައްކަތްތަކުގެ ތެރެއިން އޭސީސީ އެކީ ބަދަލު ކުރެވުނު، ސްޕްރީމްކޯޓު އެކީ ބަދަލު ކުރެވިއްޖެ. މިހާރު ހުކުމެއް ނުވިއްކޭނެ. މިހާރު ހުކުމެއް ވިއްކައިފިނަމަ އެގޭނެ. ވިއްކައިފިއްޔާ ފިޔަވަޅު އަޅާނަން.” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ އަލުން އަނބުރާ ދައުލަތުގެ ހަޒާނާ އަށް ވެއްދުމުގެ މަަސައްކަތް އެންމެ ބޭނުންވާ ބާރުމިނުގައި ކުރެވިފައި ނުވާކަމުގެ ޝަކުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: