ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ހުކުމް ކުރުމުން، ރައީސް ނަޝީދު ޕާޓީ ބޭއްވި: ޝުއެއިބު

ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވި ކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ދުވަހު، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމާ އުފާ ފާޅުކޮށް ޕާޓީ ބޭއްވިކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި) ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމަށް މިދިޔަ ނޮވެމްބަރު މަހަށް ވަނީ އެއް އަހަރު ވެފައެވެ. އަދި އެ ހުކުމާއި އެކު ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާ ކްރިމިނަލް ކޯޓުގައި ވަނީ މައްސަލައިގެ އަޑުއެހުންތައް ފަށާފައެވެ.

އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ ދިވެހި ރާއްޖޭގެ ޖުޑިޝަރީ އާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ކުރާ ކޮންމެ ރައީސަކު ދައުރު ނިންމާ، ޖަލަށް ދާންޖެހޭ ސަގާފަތަށް ނިމުމެއް އަންނަން ޖެހޭ ކަމަށެވެ. ކުރީގެ ރައީސުން ޖަލަށްލުމަކީ އެމަނިކުފާނު އެއްވެސް ގޮތަކަށް އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށާއި، އެ ސަގާފަތް ވެރިކަމުގައި ދެމެހެއްޓެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނަށް ޖަލު ހުކުމް އިއްވި ދުވަހު އޭރުގެ ސަރުކާރުން އެކަމާ އުފާ ފާޅުކޮށް، ހަވާ އެރުވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ނަމަވެސް ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް، ޖަލަށް ހުކުމް ކުރުމުން ވެސް އެކަމާ އުފާފާޅުކޮށް، ޕާޓީކޮށްފައި ނުވާނެ ކަމަށް ވިދާޅިވިއެވެ. އަދި އެއީ އެއްވެސް ގޮތަކަށް ހިތް އެދޭ ގޮތެއް ނޫން ކަމަށާއި، ރައީސް ޔާމީން ޖަލަށް ލީ ދުވަހު އެކަމާ ވަރަށް ހިތާމަކުރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އެއީކީ ކޮންމެހެން އަޅުގަނޑު އުފާ ފާޅު ކުރަމުން، ހަވާ އަރުވަމުން ދުވާ ކަމެއް ނޫން. ތި ބޭފުޅުންނަށް ފާހަގަ ކުރެވިފައި އޮވެދާނެ އަޅުގަނޑު ޖަލަށްލާފައި ހަވާ އެރުއްވުމާއި ލަނގިރި ޖެހުމާއި ލަވަ ކިޔުމާއި މާ ބެހުމާއި މި ހުރިހާ ކަމެއް ވެސް ކުރި. އެހެން ނަމަވެސް ރައީސް ޔާމީން ޖަލަށްލީ ދުވަހު އަޅުގަނޑު ވީ ދެރަ. އަޅުގަނޑަށް ރޮވުނު. އަޅުގަނޑު އެދޭ ގޮތެއް ނޫން އެއީކީ.” ރައީސް ނަޝީދު

ރައީސް ނަޝީދު ދެއްކެވި ވާހަކަތައް ރާއްޖޭގެ މީޑިއާތަކުން ކަވަރުކޮށްފައިވާއިރު، އެމަނިކުފާނަށް ރައްދު ދެއްވާ ޝުއައިބު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލީ ދުވަހު އެކަމާ އުފާ ފާޅު ނުކުރާކަމަށް ވިދާޅުވެ ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. ރައީސް ޔާމީނަށް ހުކުމް އިއްވުމުން އެކަމާ، ރައީސް ނަޝީދު އުފާފާޅުކޮށް ޕާޓީވެސް ކުރި ކަމަށް ޝުއެއިބު ވިދާޅުވިއެވެ.

“ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރި ދުވަހު މުހައްމަދު ނަޝިދު ޕާޓީ ބާއްވާ، އުފާފަޅު ކުރި. ދޮގު ނަހަދާ…. ގާތް އިހްލާސްތެރި މީހުންނަށް މަކަރާއި ހީލަތް ހެދޭނީ ވެސް ވަކި ވަރަކަށް،” ޝުއައިބު

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ވެރިކަމަކީ އެއީ ހިތުހުރި ގޮތަކަށް ކުރެވެން އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ހުރިހާ ރައީސުން ވެސް ގަބޫލު ކުރަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހަމައެއާއި އެކު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެ ބޭފުޅަކު ވެސް ވެރިކަން އެއީ “ހިތަށް ލިބޭ އެއްވެސް ނޫން ކަން” ވިސްނަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ އެއީ އެމަނިކުފާނު ބޭނުންފުޅު ނުވާކަމަކަށް ވިޔަސް، ރާއްޖޭގެ ގާނޫނުތަކާއި ހަމަތައް ހިފަހައްޓަން ޖެހޭނެ ކަމަށެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ނުނިމި އޮތީ އެ މައްސަލާގެ ބޮޑުކަމުން ކަމަށާއި އިތުރު އާ ހެކިތައް ލިބިފައިވާތީ އެކަންކަމަށް އިތުރު ވަގުތު ހޭދަވަނީ ކަމަށެވެ. އަދި މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް އާއި، އެޓާނީ ޖެނެރަލްއަކީ އެއްވެސް މީހެއް މޫނަށް ބެލުމެއް ނެތި އިންސާފު ގާއިމް ކުރާނެ ބޭފުޅުންކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: