ލ. ގަމުގައި އުމުރުން 75 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީ ފުރައްސާރަކޮށް އޮރިޔާންކާޑު އުފެއްދި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ, ލ. ގަމުގައި އުމުރުން 75 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީ ފުރައްސާރަކޮށް އޮރިޔާންކާޑު އުފެއްދި މައްސަލައެއް މިމަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް މިއަދު ވަނީ ދީފައެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.