ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫ އިގްތިސާދުގެ ސަޅިކަމަކީ ބޭރު މީހުންނަށް ޑޮލަރުން މުސާރަ ދިނުން: ޝުޖާ

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު. ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ނޫ އިޤްތިޞާދުގެ ދަށުން ކުރާ ކަމަކީ ރާއްޖެއިން ބޭރު މީހުންނަށް ޑޮލަރުން މުސާރަ ދިނުން ކަމަށް އިދިިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ ޕެންޝަން އޮފީހަށް ބޭރު މީހަކު ހަމަޖެއްސުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި އެއާޕޯޓު ހިންގަވަން ހުންނެވީ ދިވެއްސެއް ކަމަށާއި ޕެންޝަން އޮފީސް ވެސް ހިންގެވީ ދިވެއްސެއް ކަމަށެވެ.

“ދިވެއްސަކަށްވީތީ ފަހުރުވެރިވަން. ނޫ އިގްތިސާދުގެ ސަޅި ކަމަކީ ޑޮލަރުން މުސާރަ ބޭރު މީހުންނަށް. މަތީ މަގާމުތައް ބޭރު މީހުންނަށް.” ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުގެ އިތުރުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ވަނީ އެ މަގާމަށް ބޭރު މީހަކު ހަމަޖެއްސުމުން ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެގޮތުން އެ ވަޒީފާ އަދާކުރެވޭނެ އެތައް ދިވެހިންނަށް އެބަތިބި ކަމަށް އަލީ ވިދާޅުވިއެވެ.

ޕެންޝަން އޮފީހުން ބުނީ އިންޝުއަރެންސާއި ޕެންޝަންގެ ދާއިރާގައި 25 އަހަރު ތަޖުރިބާ ހޯއްދަވާފައިވާ ގްރިންޑަލް އަކީ ކޮމްޕްރޭ ގްރޫޕް މޯލްޓާގެ ޗީފް އޮޕަރޭޓިން އޮފިސަރު ކަމާއި މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމު އަދި ލޯއިޑްސް ބޭންކިން ގްރޫޕުގެ ސީނިއާ އެކްޗުއަރީގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

އޭގެ އިތުރުން އޭނާ އަކީ ޕެންޝަނާ ގުޅޭ އިންވެސްޓްމަންޓް ރިސްކް މޮޑެލިންގެ ދާއިރާގައި ތަޖުރިބާކާރެއް ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ މަގާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު ހުސައިން މަނިކު އެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: