ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ މިސްރާބު ހުރީ ރައްޔިތުން އެދޭ ގޮތަކަށް ނޫން: ޣައްސާން

ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ މިސްރާބު ހުރީ ރައްޔިތުން އެދޭ ގޮތަކަށް ނޫން ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުގެ މިސްރާބު ހުރީ ރައްޔިތުން އެދޭގޮތަކަށް ނޫންކަމަށާއި ރާއްޖޭގެ މުސްތަގުބަލު އުޖާލާކުރެވޭނީ ގައުމަށް ވަފާތެރިވެ ތިބެ މާތްﷲ ގެ ވާގިފުޅަށް އެދިތިބެގެން ގައުމަށް ވަފާތެރިވެގެން ކަމަށެވެ.

އަދި މާދަމާ ރޭ އޮންނަ ޖަލްސާއަށް ހުރިހާ ސިޔާސީ ޕާޓީއެއްގެ އަދި ހުރިހާ ސިޔާސީ ފިކުރެއްގެ ދިވެހި ރައްޔިތުންނަށް އަދަބުވެރިކަމާއެކު ދައުވަތު އަރުވާ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

އިދިކޮޅުން “ވިސްނާ” ގެ ނަމުގައި ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި ކާނިވާ ސަރަހައްދުގައެވެ.

ޖަލްސާއަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އާއި މާލެ ސިޓީ ކައުންސިލުން ވަނީ ހުއްދަ ދީފައެވެ. ޖަލްސާގެ ސަލާމަތީ ކަންކަމާއި ގުޅޭގޮތުން އިދިކޮޅުގެ އިސް ބޭފުޅުން އިއްޔެ ވަނީ ފުލުހުންނާއިވެސް މަޝްވަރާ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: