ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ސިފައިން ދިވެހިރާއްޖޭގައި އެބަ ތިބި: ޣައްސާން

ޕީޕީއެމްގެ ނައިބް ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ފަސްގަނޑުގައި ބޭރު ސިފައިން ހާޒިރުވެ ތިބިކަމަށާއި، ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ސަމުގާ އުތުރަށް ހުއްޓިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ދިވެހިރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ކުލަގަދަ ގޮތަކަަށް ފާހަގަ ނުކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައި ޣައްސާންވަނީ، ދިވެހިރާއްޖެ މިނިވަންކަމާއި މެދު ސުވާލު އުފައްދާފައެވެ. އަދި ދިވެހި ފަސްގަނޑުގައި ބޭރު ގައުމެއްގެ ސިފައިން ތިބިކަމަށް ތުހުމަތު ކުރެއްވި އެވެ.

ދިިވެހި ފަސްގަނޑުގައި، ބޭރު ގައުމެއްގެ ސިފައިން ތިބިކަމަށް ފާހަގަކުރައްވާ ޣައްސާން ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ސަމުގާވަނީ، އުތުރަށް ހުއްޓިފައިކަމަށެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުން ދިވެހި ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްފައިވާކަމަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ، މިހާރު ދިވެހި ރައްޔިތުން ތަންތަނަށް އެއްވެ އުޅުންވެސް މަނާ ކުރެވިފައިވާކަމަށެވެ.

ދިވެހިރައްޔިތުންގެ އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލިފައިވާކަމަށް ފާހަގަކުރައްވާ، އިތުރަށްވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ، ދިވެހިރާއްޖައި ނޫސްވެރިކަމަށްވެސް ރައީސް ސާލިހުގެ ސަރުކާރުންވަނީ ހުރަސްތަކެއް ކުރިމަތިކޮށްފައިކަމަށެވެ. އަދި ރައްޔިތުންގެ އަމިއްލަ އެކައުންޓުގައި ހުންނަ ފައިސާތައް، ކޮންޓްރޯލު ކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ސިފަ ކުރައްވާ ޣައްސާން ވިދާޅުވީ، އަމިއްލަ އެކައުންޓުގައި ހުރި އަމިއްލަ ފައިސާނަމަވެސް، ސަރުކާރުންވަނީ ބޭރު ފައިސާގެ ހަރަދުތައް ކުރުން ތާށިކޮށްފައިކަމަށެވެ.

ރައީސް ސާލިހުގެ ވެރިކަމުގައި، ދިވެހި ރައްޔިތުންގެ މިނިވަންކަން ގެއްލިފައިވާކަމަށް ޣައްސާން ސިފަ ކުރެއްވި އިރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްވެސްވަނި އެފަދަ މޭރުމަކުން ސަރުކާރަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައިއެވެ. އެގޮތުން އެނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުންވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތީ ބާރުތައް ވިއްކާލާފައިކަމަށެވެ. އަދި އެފަދަ ބަޔަކު، މިނިވަންކަމުގެ ދުވަހެއް ފާހަގަ ނުކުރާނެކަމަށާއި، ދައްކާނީ ބަހަނާތަކެއްކަމަށް ވެސް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: