ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިނގިލީ ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރު ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގއ.ވިލިނގިލީގައި ގާއިމުކުރި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު މިއަދު ހުޅުވައިފިއެވެ.

“ދަގެނާ،”ގެ ނަމުގައި އެ މަރުކަޒު ހުޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި، ގއ. އަތޮޅު ކައުސިލްގެ ރައީސް އަހްމަދު ފުއާދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިއަދު “ދަގެނާ،”ގެ ނަމުގައި ހުޅުއްވައިދެއްވި ޚިދުމަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާކޮށް، އެ މީހުންނަށް މުޖުތަމަޢާ އަލުން ގުޅި، އެ މީހުންނަކީ މުޖުތަމަޢަށް ފައިދާކުރަނިވި ބިނާކުރަނިވި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ.

އަދި މިއީ، މިހާތަނަށް ދާއިމީ ހައްލެއް ހޯދުމުގައި ކާމިޔާބީ ލިބިފައިނެތް މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، އެ މަސައްކަތުގައި ކާމިޔާބީއާމހަމައަށް ވާޞިލުވުމަށް ލިބުނު އިތުރު ފުރުޞަތެއް ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ދަގެނާއާ ގުޅޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މިއީ ކާމިޔާބު ޚިދުމަތަކަށް ހެދިއްޖެ ނަމަ، މިއީ މުޅި ރާއްޖެއަށްވެސް މަންފާ ލިބިގެންދާނެ ޚިދުމަތެއް ކަމުގައެވެ.

މި ޚިދުމަތާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިއީ “ވަށައި ޖެހޭ” ފަދަ ނިޒާމެއްގެ ތެރެއިން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމަށް ފަރުމާކޮށްފައިވާ ޚިދުމަތެއް ކަމުގައެވެ. މި ގޮތުން، ފަރުވާގެ އިތުރުން، މި ޕްރޮގްރާމްގެ ބައިވެރިންނަށް މުޖުތަމަޢާ އަލުން ގުޅުމުގައި އެހީތެރިވެ ދިނުމުގެ ގޮތުން މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތަމްރީނު ފޯރުކޮށްދެވޭނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ދަގެނާ ޚިދުމަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަންމުގެ އިތުރުން އެ ފަރާތްތަކާއި ގުޅިފައިވާ ހުރިހާ ކަމަކަށް ރިޢާޔަތްކޮށް މުޅި މައްސަލައަށް ޙައްލުހޯދުމަށް ފަރުމާކޮށްފައިވާ ވަށާޖެހޭ ނިޒާމެކެވެ.

އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ދޭ އެހީތެރިކަމުގެ އިތުރުން އެފަދަ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި މުޖްތަޢުގެ ތެރެއިން އެ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަކީވެސް ދަގަނާގެ ވަށާޖެހޭ ނިޒާމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: