ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ “ހުނަވަރު” ޕްރޮގްރާމް: ބަރު އުޅަނދު ދުއްވާ ތަމްރީނުދީ ވަޒީފާގެ ފުރުސަތު!

އެމްޓީސީސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން، ޒުވާނުނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ “ހުނަވަރު” ޕްރޮގްރާމް އިއުލާނުކޮށްފި އެވެ.

އެމްޓީސީސީއިން މިއަހަރުގެ ޕްރޮގްރާމް ހާއްސަކޮށްފައިވަނީ ހެވީ ވެހިކަލްތައް ދުއްވުމުގައި ތަމްރީނުތައް ފޯރުކޮށްދިނުމަށެވެ. ޕްރޮގްރާމް އިފްތިތާހު ކުރުމަށް އެމްޓީސީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެމްޓީސީސީއިން ތަމްރީނުތަކަށް ރާއްޖޭގެ ރަށްތަކަށް ދަތުރުކުރަމުން ދާނެ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މި މަހުގެ 09 އެއްގައި ފުވައްމުލައް އަށް، އަދި 11 ވަނަ ދުވަހު އައްޑޫ ސިޓީގައި ޕްރޮގްރާމް ކުރިޔަށް ގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެމްޓީސީސީގެ އަމާޒަކީ 100 އިންސައްތަ ދިވެހިން މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި ހެދުން ކަމަށެވެ.

ޕްރޮގްރާމްގެ އިތުރު ތަފްސީލުތައް ދެއްވައި އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ ފާތިމަތު ޖަބީން ވިދާޅުވީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ކަންކަން ފުވައްމުލަކާއި އައްޑޫ ސިޓީގައި ކުރިޔަށް ގެންދާނީ ވޯކިންގް އިންޓަވިއުގެ އުސޫލަށް ކަމަށެވެ. އަދި އުމުރުން 18 އަހަރުވެފައިވާ ކޮންމެ ޒުވާނަކަށްވެސް ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ. ޖަބީން ވިދާޅުވީ ޕްރޮގްރާމް ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންނަށް ކޮންމެ މަހަކު ވެސް އެލަވެންސްގެ ގޮތުގައި 5000 ރުފިޔާ ދޭނެ ކަމަށެވެ.

އެމްޓީސީސީއިން ބުނެފައިވަނީ ޕްރޮގްރާމުގައި ބައިވެރިވެ ރަނގަޅު ނަތީޖާ ހޯދާ 50 ބައިވެރިއަކަށް ކުންފުނިން ވަޒީފާ ހަމަޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: