ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިނގިލީގައި ބޮޑު ދަނޑެއް އަޅަން ނިންމާފަވާތީ ފުޓްސަލް ދަނޑު ޓާފަށް ބަދަލު ނުކުރާނެ: މަހްލޫފް

ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ވިލިނގިލީގައި ބޮޑު ދަނޑެއް އަޅަން ނިންމާފަވާތީ ފުޓްސަލް ދަނޑު ޓާފަށް ބަދަލު ނުކުރާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ވިލިނގިލީ ފުޓްސަލް ދަނޑުގައި ބަޔަކު ރޯކޮށްލީ އެ ދަނޑުގައި އަޅާފައި އޮތް މެޓުގެ ބަދަލުގައި ޓާފް އަޅައި ނުދީގެން އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

މިކަމާ ގުޅިގެން މިނިސްޓަރު މަހްލޫފް ވިދާޅުވީ ވިލިނގިލީގައި ބޮޑު ދަނޑު އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި އެ މަސައްކަތް ލަސްވީ ކޮވިޑާއި ސަބް ބޭސް ރަނގަޅުކުރަން ޖެހުމުން ކަމަށެވެ.

“ބޮޑު ދަނޑު އަޅަން ނިންމާފަވާތީ ފުޓްސަލް ދަނޑު ޓާފަށް ބަދަލު ނުކުރާނެކަން ކައުންސިލަށް ވާނީ އެންގިފައި. އެއީ އެހެން ރަށްރަށަށް ފުރުސަތު ދިނުމަށް.” މަހްލޫފް ވިދާޅުވިއެވެ.

ވިލިނގިލި ފުޓްސަލް ދަނޑުގައި އަލިފާން ރޯކޮށްލާފައި ވުމުން ފުޓްސަލް ދަނޑުގެ މެޓްގެ ބޮޑުބައި ވަނީ އަނދާފައެވެ. އަދި އެސަރަހަދުގައި ޕެޓްރޯލު ވަސް ކޮންމެވެސް ވަރަކަށް ހުރިއިރު، އެއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަން ހާމަވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: