ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިލެންޑް އޭވިއޭޝަންގެ އެމްޑީއަކަށް މިހާދު

ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރު ކަމަށް މ. މޮންޓިރިއަލް މުހައްމަދު މިހާދު އައްޔަންކޮށްފި އެވެ.

އެ މަގާމަށް ރަސްމީކޮށް މިހާދު އައްޔަން ކުރާނީ ޕީސީބީ އިންނެވެ.

މިހާދު މިހާތަނަށް ހުންނެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) ގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ. މީގެ ކުރިން މިހާދު ވަނީ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯކަން ވެސް ކުރައްވާފައެވެ.

މީގެއިތުރުން ރައީސް އޮފީހުން ވަނީ އައިލެންޑް އޭވިއޭޝަންގެ އެމްޑީގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ރިޒްވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އެމްޑީގެ މަގާމަށް ބަދަލުކުރަން ވެސް ޕީސީބީ އަށް ހުށަހަޅާފައެވެ.

“ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

މި ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދާ ސަރަޙައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުޞޫލުން ހިންގުމަށް އުފެއްދި ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: