ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޣާވާތަކީ ކޮބައިކަން އެނގޭ، އެމެރިކާގައި އެކުރަނީ ބަޣާވާތެއް: ނަޝީދު

ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހުގެ ތެރެއިން މަންޒަރެއް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް އެގައުމުގެ ރައީސް ޓްރަމްޕްގެ ސަޕޯޓަރުންތަކެއް ވަދެ ކުރަމުން ގެންދަނީ ބަގާވާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ވަދެގަނެ، ހަމަލާދީ އެމެރިކާގައި ހިންގަމުންދަ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އަމިއްލަ ތަޖުރިބާގެ އަލީގައި، ބަގާވާތުގެ ސިފަތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެމެރިކާގައި ހިނގަމުންދާ ކަންކަމަކީ މުޅި ދުނިޔޭގެ މިނިވަން ޑިމޮކްރަސީއަށާއި ޑިމޮކްރަޓިކް އަސާސްތަކަށް ލިބެމުންދާ ގެއްލުމެއް ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ސައްހަކަން ކަނޑައަޅަން ސެނެޓްގެ ބައްދަލުވުން ކުރިއަށް ދަނިކޮށް  ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު ރިޔާސީ އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ތެރެއަށް ވަދެ، ކުޑަ ދޮރުތައް ތަޅާ، ޑެސްކަށް ގެއްލުން ދީފަ އެވެ. އަދި އެ މީހުންނާ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި އެކަކު ވަނީ މަރުވެފަ އެވެ.

ރައީސް ނަޝީދު ވެރިކަމުގައި 2012 ވަނަ އަހަރު ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު އޭރުގެ ވެރިކަމާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން ނިކުމެ މުޒާހަރާ ކުރުމާއި ގުޅިގެން އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވުމަށްފަހު ރައީސް ނަޝީދު ވަނީ އެއީ ބަޢާވާތެއްކަމަށް ވިދާޅުވެ، ގިނަ ބަޔަކާއިއެކު ޖެހިގން އައި ދުވަހު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިކުމެ އިހުތިޖާޖުކޮށް، އެކި ތަންތަނުގައި ހުޅުޖަހައި ރޯކޮށް ހަދާފައެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަން ބަދަލުވި ގޮތާއި ގުޅޭގޮތުން ހެދި ކޯނީ ރިޕޯޓުން ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫންކަމަށް ވަނީ ހާމަވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: