ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19: ދެއްވަދޫއަށް އެންމެ ބޭނުންޖެހިފައިވާ ތަކެއްޗަކީ ކޮބާ؟

ދެއްވަދުއަށް އެހީގެ ގޮތުގައި ބޯފެން ފޯރުކޮށްދެނީ ---
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ދެއްވަދޫ އިން ގިނަ ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އިއުލާންކޮށްފައިވާ ފުރަބަންދުގެ ޙާލަތުގައި އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރަށު ކައުންސިލުން އިސްނަގައިގެން ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ދެއްވަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ދެއްވަދޫ ރައްޔިތުންނަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް މިވަގުތު ހުޅުވާލެވިފައިވާ ކަމަށެވެ.

ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު “ސަންގަށް” ވިދާޅުވީ މިވަގުތު ރަށުން އެއްވެސް އެއްޗެއް ހުސް ނުވަ ކަމަށާއި ނަމަވެސް މަހަށް ނުދެވޭތީ ކަނޑު މަހަށް ވަރަށް ދަތިވާ ކަމަށެވެ.

“މޮނިޓަރިންގައި އޮތުމުން މަހަކަށް ނުދެވޭ. އެހެންވެ ކަނޑު މަހަށް މިވަގުތު އެންމެ ދަތީ. އަދި ރަށުން އެއްވެސް ބާވަތެއްގެ އެއްޗެއް ހުހެއް ނުވޭ. ހުސްވެދާނެތީ އެކަމުގެ އެހީތެރިކަމަކަށް އެދުނީ.” ތައުފީގު ވިދާޅުވިއެވެ.

ތައުފީގު ވިދާޅުވީ އެހީއަށް އެދުމުން މިފްކޯއިން 50 މަސްދަޅު ކޭހާއި ގއ. އަތޮޅު ކައުންސިލުން 100 ފެން ކޭހުގެ އިތުރުން ގދ. ތިނަދޫގެ އެކި ޖަމިއްޔާ ޖަމާއަތްތަކުން 300 ފެން ކޭސް ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި އެމްޑަބްލިއުއެސްސީއިންވެސް 300 ފެން ކޭސް ލިބޭނެކަމުގެ ޔަގީންކަން ދީފައިވާ ތައުފީގު ވިދާޅުވި އެވެ.

ދެއްވަދުއަށް އެހީގެ ގޮތުގައި ބޯފެން ފޯރުކޮށްދެނީ —

އޭނާ ވިދާޅުވީ ކަނޑު މަހާއި ފެނަށް ފަހު ދެން އެންމެ ދަތިވާނެ ކަމަށް ބެލެވެނީ ފިޔާ، ބިސް، އަލުވި ފަދަ ތަކެތި ކަމަށެވެ. އަދި އަވަހަށް އެތަކެތި ނުލިބިއްޖެ ނަމަ ރަށުން ހުސްވާނެ ކަމަށާއި ނަމަވެސް ރަށުން އެއްވެސް އެއްޗެއް ހުސްނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާއްމުންގެ ތެރެއިން ދެއްވަދޫއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ކޮވިޑް-19ގެ ހޮޓްލައިން އަދި ކައުންސިލް ބިއުރޯގެ ނަންބަރަށް ގުޅުއްވުމަށް ދެއްވަދޫ ކައުންސިލުން ވަނީ ބުނެފައެވެ.

ދެއްވަދޫން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެގެންނެވެ. މީގެ ކުރިން ބެލިފައި އޮތް ގޮތުގައި ރަށަށް ބަލި ފެތުރުނީ އެމީހާގެ ފާރާތުންނެވެ. އެހެން ނަމަވެސް އާދިއްތަ ދުވަހު އެޗްއީއޯސީން ބުނި ގޮތުގައި، މިހާތަނަށް ފެނުނު ކޭސްތަކަށް ބަލާއިރު ބަލި ރަށު ތެރެއިން މާ ކުރިންވެސް ފެތުރިފައިވާކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ދެއްވަދޫ އިން އިތުރު 16 މީހަކު މވަނީ މިއަދު ކޮވިޑް 19 އަށް ފައްސިވެފައެވެ. އެެއާއި އެކު އެ ރަށުން ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ޖުމްލަ 39 އަށް ވަނީ އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: