ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ އުސޫލާއި އެއްގޮތަށް ދޫކުރަން: ފެނަކަ

ފެނަކައިގެ އެމްޑީ އަހުމަދު ސައީދު/ ފޮޓޯ: ފެނަކަ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ކުންފުނިތަކާއި ހަވާލުކުރުމަށްފަހު، ފެނަކަ ކޯޕަރޭޝަނުން ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީ ހިފަހައްޓާފައިވާކަމަށް ބުނެ ދެކެވޭ ވާހަކަ އެ ކުންފުނިން ދޮގުކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނާއި ގުޅޭގޮތުން ރާއްޖޭގެ އޮންލައިން މީޑިއާއެއްކަމަށް ވާ “ދިޔަރެސް” ނޫހުން ވަނީ ކުންފުނީގެ މަޝްރޫއުތައް ކުރިޔަށް ގެންދާ ކޮންޓެރެކްޓަރުންނަށް ދޭން ޖެހޭ ފައިސާތަކެއް ނުދީ ހިފަހައްޓާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

އެ ހަބަރު ދޮގުކޮށް ފެނަކައިން އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ ކޮންޓްރެކްޓާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ސަރުކާރުގެ މަޝްރޫއުތަކުގައި މަސައްކަތް ކުރާ ކުންފުނިތަކަށް މަސައްކަތް ނިންމުމަށްފަހު، ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށާއި، އޭގެ ތެރޭގައި ސަރުކާރުގެ ކުންފުނިތައް ވެސް ހިމެނޭކަމަށް ބަޔާންކޮށްފައި ވާތީ، އޭގެ ތެރެއިން އެއް ކުންފުންޏަކީ ފެނަކަ ކަމުގައި ދިޔަރެސްއިން ބުނެފައިވާ ކަމަށެވެ. އަދި އެ ނޫހުގެ ފަރާތުން ބައެއް ކޮންޓްރެކްޓަރުންނަށް ގުޅުމުން ފެނަކައިން ދޭންޖެހޭ ފައިސާ ނުދީވާކަމަށް ބައެއް ކޮންޓްރެކްޓަރުން ބުނެފައިވާކަމަށް ރިޕޯޓުކުރިއިރު، ކުންފުނީގެ އެއްވެސް ބަހެއް ހޯދާފައި ނުވާ ކަމަށެވެ.

ފެނަކައިން ބުނެފައިވަނީ ކުންފުނީގެ ފަރާތުން ހިންގާ މަޝްރޫއުތަކަށް، އެއްބަސްވުމުގައި ވާގޮތަށް އޮންނަ އުސޫލާއި އެއްގޮތަށް ދައުސާ ދޫކުރާކަމަށެވެ.

މިއީ އާއްމުންގެ ތެރޭގައި ފެނަކައާއި މެދު ޝައްކު އުފެއްދުން ކަމަށާއި، ކުންފުނީގެ ނަން ކިލަނބުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލަން އިލްތިމާސްކުރާކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނެފައިވަނީ ކުރިޔަށް އޮތް ތަނުގައި ވެސް ފެނަކައިން މަސައްކަތް ކުރާނީ އާއްމުން ބަލައިގަންނަ ހިދުމަތްތަކެއް ކުރުމަށް ކަމަށާއި، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެއްވެސް ފަސްޖެހުމެއް ނެތި ކުރިޔަށް ދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފެނަކައިން މީގެ ކުރިން ވެސް ވަނީ މީޑިއާތަކުގައި އެ ކުންފުންޏާއި ގުޅޭގޮތުން ދެކެވޭ ވާހަކަތައް ދޮގުކޮށް ބަޔާނެއް ނެރެފައެވެ. އެގޮތުން ފެނަކައިން ބުނެފައިވަނީ، އެ ވާހަކަތަކަކީ ފާއިތުވެދިޔަ މާޒީގައި ފެނަކައިން ރައްޔިތުންނަށް ހަރުދަނާ ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވި، ކުންފުނީގެ ނަން ތަޣައްޔަރުވެ، ކިލަނބުވެފައި ވަނިކޮށް ޑިސެމްބަރު 18، 2018 އިން ފެށިގެން މިއަދާ ހަމައަށް ކުންފުނީގެ ހިންގުމަށް ގެނައި އިންގިލާބީ ބަދަލާ ގުޅިގެން ބަޔަކު ހަސަދަވެރިވެގެން ދައްކާ ވާހަކަތަކެއް ކަމަށެވެ.

ފެނަކައިން ބުނީ، އެ ކުންފުނިން ދެމުންދާ ހިދުމަތްތަކާއި ރައްޔިތުންނަށް އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ފާޑު ކިޔުމަށް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ކުންފުންޏާއި ގުޅޭގޮތުން ހަގީގަތާ ހިލާފު ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފެތުރުމަށް ފުރުސަތެއް ނުދޭނެ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: