ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މޭޔަރު ކަމަށް މުއިއްޒުއަށް ވުރެ ގާބިލް ބޭފުޅަކު އަތްފުނާ އަޅައިގެން ވެސް ނުފެންނާނެ: އަދުރޭ

އަބްދުއްރަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މޭޔަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއަށް ވުރެ ގާބިލް ބޭފުޅަކު އަތްފުނާ އަޅައިގެން ވެސް ނުފެންނާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނަވައިގެން ޑރ.މުއިއްޒު މާލެ އަށް ކޮށްދެއްވި ޚިދުމަތަށް އެކަނި ބެލިޔަސް، މާލޭގެ މޭޔާކަމުގެ މަޤާމަށް މުއިއްޒު އާއި ވާދަކުރެވޭނެ ދެވަނަ ބޭފުޅަކު އަތްފުނާއަޅައިގެން ހޯދިޔަސް ނުފެންނާނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލަށް އިދިކޮޅު ވާދަ ކުރައްވާ މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް ތަފާތު އެކި ވާހަކަތައް ދަނީ ދައްކަމުން ކަމަށް އިދިކޮޅުން ބުނެއެވެ. މިވާހަތަކާ ގުޅިގެން ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ މިހާތަނަށްވެސް ރައްޔިތުންނަށް ގެއްލުންހުރި ކަމެއްގައި ބައިވެރިވެފައި ނުވާނެކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނަށް ގެއްލުންހުރި ކަމެއްގައި ބައިވެރި ނުވާނެކަމަށެވެ.

މީގެ އިތުރުން މުއިއްޒުގެ މައްޗަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެ ދައުވާ މުއިއްޒުގެ މައްޗަށް އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ ދޮގު ބަޔާން ދޮގު ބަޔާނެއް ދެއްވާފައިވާތީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: