ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ވެކްސިން ޖެހުމަށް ރެޖިސްޓްރީ ވާން މާދަމާ ހުޅުވާލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ވެކްސިން ޖެހުމަށް ރެޖިސްޓްރީވާން މާދަމާ ހެނދުނު ހުޅުވާލާނަން ނިންމައިފިއެވެ.

ހެލްތު އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.

ނަޒްލާ ވިދާޅުވީ ވެކްސިން ޖެހުމަށް ބޭނުންވާ މީހުން ރަޖިސްޓްރީކުރުމަށް މާދަމާ ޕޯޓަލް ހުޅުވާލާނެކަމަށެވެ. އެންމެ ފުރަތަމަ ހުޅުވާލާނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ކެއާ ވޯކަރުންނަށްކަމަށް ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ސިއްހީ ހިދްމަތްތެރިން ރަޖިސްޓްރީ ކުރުމަށްފަހު އެހެން ކެޓަގަރީ ތަކުން ވެކްސިނަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ކޮވިޑު ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ޖެހޭނީ my.health.mv ޕޯޓަލުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: