ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ޖެހުމުންވާ ނުރަނގަޅު ކަންކަމަކީ ސީދާ ވެކްސިންގެ ކަމަކަށް ނުވެދާނެ: ޑރ ފައިސަލް

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޗެއަރ ޑރ އަހުމަދު ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެކްސިން ޖެހުމުން ދިމާވާ ނުރަނގަޅު ކަންކަމަކީ ސީދާ ވެކްސިންގެ ސަބަބުންވާ ކަންކަމަށް ނުވެދާނެކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޗެއަރ ޑރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ފައިސަލް ވިދާޅުވީ ވެކްސިން ޖެހުމަށްފަހު އެއާ ވިދިގެން އަންނަ ނޭދެވޭ އަސަރުތައް ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. ވެކްސިން ޖެހުމާއި ގުޅިގެން ކުރާ ނޭދެވޭ އަސަރުތައް ނުވަތަ އެޑްވާސް އިފެކްޓްތަކުގެ ތެރެއިން ބައެއް ކަންކަމަކީ، ދުރާލާ އެކަންކަން ކުރިމަތިވެދާނެ ކަމަށް ބަލައިގެން ތައްޔާރު ވާނެ ކަންކަންކަމަށް ވިދާޅުވިއެވެ.

އެގޮތުން ވެކްސިން ޖެހުމާއި ގުޅިގެން ކުރިމަތިވާނެ އެޑްވާސް އިފެކްޓްސް އާއި އެޑްވާސް އިވެންޓްސް އޮފް ސްޕެޝަލް އިންޓްރެސްޓްތަކަށް ބަލައި ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ކަމެއް ފެނިއްޖެނަމަ އެކަން ރިޕޯޓް ކުރުމާއި، ބަލި މީހާއަށް ފަރުވާ ދިނުން ފަދަ ކަންކަމަށް ތައްޔާރު ވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑާއި ދެކޮޅަށް އެކި ވެކްސިންތައް ތައްޔާރުކުރެވި، ވެކްސިންތައް މިހާރު ބޭނުންކުރަން ފަށާފައިވާކަން ފާހަގަކުރައްވާ ޑރ. ފައިސަލް ވިދާޅުވީ މި ވެކްސިންތަކަކީ މައިގަނޑު ގޮތެއްގައި އުމުރުން ބޮޑެތި މީހުންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ވެކްސިންތަކެއް ކަމަށެވެ. އަދި މިއާއެކު ވަރަށް ގިނައިން ވެކްސިން ޖެހުމާއި ގުޅިގެން ނޭދެވޭ އަސަރުތައް ފެންނަމުންދާ ކަމަށާއި އެހެންނަމަވެސް އެކަންކަމަކީ ކޮންމެހެން ވެކްސިންގެ ނޭދެވޭ އަސަރުތަކަށް ނުވެދާނެކަމަށްް ވިދާޅުވިއެވެ.

“ދިރާސާތަކަށް ބަލާއިރު ވެކްސިން ދޭ މީހުންނާއި، ޕްލެސިބޯ ދޭ މީހުންގެ ތެރެއިން ޕްލެސިބޯ ދޭ މީހުންގެ ގައިންވެސް ނޭދެވޭ އަސަރުތައް ފެނިފަ އެބަހުރި. އެހެންވީމަ އެއަސަރުތަކަކީ ކޮންމެހެން ވެކްސިނެއް ޖަހައިގެންވީ ކަމަކަށް ނުވެދާނެ. ހުން އައުމާއި، ވަރުބަލިވުމާއި މިފަދަ ކަންކަން ޕްލެސިބޯ ދެވުނު ގްރޫޕްގެ މީހުންނަށްވެސް ފެނިފަ އެބަހުރި. އުމުރުން ދުވަސްވީ މީހުންނަށް، ވެކްސިން ނުދިން ކަމުގައިވިޔަސް ވެދާނެ ކަންކަން އެބަހުރި. މިސާލަކަށް ނޭވާކުރުވުން، ހުން އައުން، ހާޓް އެޓޭކްއެއް އައުން، ނުވަތަ ނިޔާވުމަކީވެސް މީގެ ތެރޭގައި ހިމެނިދާނެ ކަންކަން” ޑރ. ފައިސަލް

މީގެ އިތުރަށް ޑރ. ފައިސަލް ވިދާޅުވީ އާންމު ގޮތެއްގައި ވެކްސިންއަކީ ތުއްތު ކުދިންނަށް ދޭ، ވެކްސިނެއް ނަމަވެސް ކޮވިޑު ވެކްސިން ތައްޔާރުކޮށްފައި ވަނީ ބޮޑެތި މީހުންނަށް ކަމަށެވެ. އެހެންކަމުން، މިފަދަ ކަންކަން ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ވެކްސިނާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަަޒްލާ ރަފީގް ވިދާޅުވީ ކޮންމެ ވެކްސިނެއްގެވެސް ނޭދެވޭ އަސަރުތައް ނުވަތަ ސައިޑް އިފެކްޓްތައް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް، އާންމުންނަށް ވެކްސިން ދޭން ފަށަނީ ވެކްސިނަކީ ރައްކާތެރި އެއްޗެއްކަން ކަށަވަރުކުރެވި ލައިސެންސް ދޫކުރެވިގެންކަން ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ވެކްސިން ދިނުމަށްފަހު ކުރިމަތިވާ ކަންކަމަކީ ވެކްސިންގެ ސަބަބުން މެދުވެރިވި ކަމެއްތޯ ބަލައި ކަށަވަރުކޮށް ދޭންޖެހޭ ފަރުވާ ދެވޭނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: