ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޅި އާބާދީއަށް ވެކްސިންދޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވުން ގާތް

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ވެކްސިން މުޅި އާބާދީއަށްދޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވުން ގާތް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އިންޑިއާ އިން މިއަދު ރާއްޖެ ގެނައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ގެނައުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މިއަދު ކޮވިޝީލްޑް ވެކްސިންގެ އިތުރުން ވެސް އިތުރު ބައެއް ވެކްސިން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ކޮވިޑް ވެކްސިން ހޯދުމަށްޓަކައި އެސްޓްރަޒެނެކާ ސިންގަޕޫރު ކުންފުންޏާއި އެކު މިހާރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

“ފަހަރުގައި ރާއްޖެ އަކީ މުޅި ދުނިޔެ އިން ވެސް މުޅި އާބާދީ އަށް ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމަށް ވުން ގާތް” ނަސީމް ވިދާޅުވިއެވެ.

އިންޑިއާ އިން މިއަދު ރާއްޖެ އަށް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ގެނެސްފައިވާއިރު، ރާއްޖެ އަކީ އިންޑިއާ އިން ވެކްސިން ފޯރުކޮށްދިން ފުރަތަމަ ގައުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: